އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓީޓީ ކުޅުމަށް އަހުލުވެރި ކުރުމަށް ޚާއްޞަ ކޭމްޕެއް ފަށައިފި

ޓީޓީ ކުޅުމަށް އަހުލުވެރި ކުރުމަށް ޚާއްޞަ ކޭމްޕެއް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 48 ސިކުންތު

ޓޭބަލް ޓެނިސް (ޓީޓީ) ކުޅުމަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ޚާއްޞަ ކޭޕްޕެއް ފަށައިފިއެވެ.

"ޕްލޭ ލާން އެން ފަން"ގެ ނަމުގައި މިއަދު މެންދުރު 13:00 ން 18:00އަށް ކުރިއަށް ގެންދާ މި ކޭމްޕުގެ މަޤުޞަދަކީ ޓީޓީ ކުޅުމަށް ވީހާވެސް ގިނަ ކުދިން އަހުލުވެރިކޮށް،މިކުޅިވަރު އިތުރަށް އާލާކުރުމާއި އެކުދިން މިކުޅިވަރަށް ލޯބި ޖެއްސުން ކަމަށް ޓީޓީ އެސޯސިއޭޝަނުން މަޢުލޫމާތުދެއެވެ.

ވައިޑީޕީ ޕްރޮގްރާމްތަކުގައިބައިވެރިވާގްރޭޑް 1 އިން 7 ގެ އަންހެން އަދި ފިރިހެން ކުދިން ބައިވެރިވާ މި ކޭމްޕަކީ މިގޮތައް މިއަހަރު ބާއްވާ ފުރަތަމަ ކޭމްޕުކަމަށާއި އެހެން ނަމަވެސް ކުރިއަށް ހުރި ދުވަސް ތަކުގައި މިފަދަ އިތުރު ކޭމްޕުތައްބޭއްވުމަށް ނިންމާފައިވާ ކަމަށްވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.

ޓީޓީ ހޯލްގައި ކުރިއަށްދާ މި ކޭމްޕުގައި ދިވެހި ޤައުމީ ޓީޓީ ޓީމުގެ ކުޅުންތެރިންގެ ހުނަރު ދައްކާލުމާއި ވީޑިއޯ ޕްރެޒެންޓޭޝަންތައްވެސް ދެއްކުމަށް ވަނީ ނިންމާފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޚް