އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރީޓެއިލް ވިޔަފާރި ކުރާ ގިނަ އަދަދެއްގެ ތަންތަނުން ބީއެމްއެލް ގިފްޓް ކާޑު މިހާރު ގަންނަން ލިބޭނެ

ރީޓެއިލް ވިޔަފާރި ކުރާ ގިނަ އަދަދެއްގެ ތަންތަނުން ބީއެމްއެލް ގިފްޓް ކާޑު މިހާރު ގަންނަން ލިބޭނެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

މިއަދުން ފެށިގެން ރީޓެއިލް ވިޔަފާރި ކުރާ ގިނަ އަދަދެއްގެ ތަންތަނުން ބީއެމްއެލް ގިފްޓް ކާޑު ގަންނަން ލިބޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

މިކަން ހާމަކޮށްފައިވަނީ މިހާރު މާލޭން ގިފްޓް ކާޑު ގަންނަން ލިބެން ހުންނާނެ ތަނެއް ކަމުގައިވާ، ސިވިލް ކޮފީ ސޮސައިޓީ ކެފޭގައި މިއަދު ބޭއްވި ކުޑަ ހަފްލާއެއްގައެވެ. މި ހަފްލާއަށް ޒިޔާރަތްކުރި މެހެމާނުންނަށް "އަހަރެންގެ ބޭންކް" ޚާއްސަ ގިފްޓްކާޑު ވަނީ ހަދިޔާކޮށްފަ އެވެ.

މިދިއަ އަހަރު ލޯންޗުކުރި ބީއެމްއެލް ގިފްޓް ކާޑަކީ ކަނޑައެޅިފައިވާ ވަކި އަދަދަކަށް ފައިސާ ބޭނުންކުރެވޭ ގޮތަށް އަދި ގަންނަ ވަގުތުން ފެށިގެން ބޭނުންކުރެވޭ ކާޑެކެވެ. މާސްޓަރ ކާޑާއި ގުޅިގެން ބީއެމްއެލްއިން ތަޢާރަފްކުރި ގިފްޓް ކާޑުގައި 200 ރުފިޔާ، 300 ރުފިޔާ، 500 ރުފިޔާ، 700 ރުފިޔާ އަދި 1000 ރުފިޔާ ބޭނުންކުރެވޭނެ ކާޑު ހުރެއެވެ. ގިފްޓް ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރުމަށްފަހު ފައިސާ ދެއްކުމަށް ރާއްޖޭގެ އެންމެ ބޮޑު ޕީއޯއެސް ނެޓްވޯކްކަމުގައިވާ ބީއެމްއެލް ޕީއޯއެސް މެޝިން ބޭނުންކުރެވޭނެއެވެ.

މިއަދުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެޓަރ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވީ އަޅުގަނޑުމެންގެ ގިފްޓް ކާޑަކީ ރަހުމަތްތެރިންނާއި ލޯބިވާ މީހުންނަށް ދޭން އެންމެ ރަގަޅު އެއް ހަދިޔާ ކަމަށެވެ. ވަރަށް ރީތިކޮށް ޑިޒައިންކޮށްފައިވާ މި ކާޑަކީ ނަގުދު ފައިސާ ހަދިޔާގެ ގޮތުގައި ދިނުމުގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެއް ކަމަށާއި މިއަދަށްފަހު ގިނަ އަދަދެއްގެ ވިޔަފާރި ކުރާ ތަންތަނުން މިކާޑު ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަހަރެންގެ ބޭންކް" ކެމްޕޭނަކީ ދިވެހިންނާއި ދިވެހި މުޖުތަމައުއަށް ބީއެމްއެލް އާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ކެމްޕޭނެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު