އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސޮކަރ ސްޓްރީޓް: ތިންމެޗު ނިމުނީ އެއްވަރުވެގެން، މޮޅުވީ ނޯނާއެކަނި

ސޮކަރ ސްޓްރީޓް: ތިންމެޗު ނިމުނީ އެއްވަރުވެގެން، މޮޅުވީ ނޯނާއެކަނި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު

ދިފޭދޫ ސްޕޯޓްސް އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީ ގަމުގައި މިހާރު ކުރިއަށްގެންދާ "އޮންދިގޯ ސްޓްރީޓް ސޮކަރ2017" ގެ މިރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ޗެލެންޖާސްއާއި އެފްސީ ސްކޫޕް ކަންމަތިއެވެ. މިމެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރު ވެގެންނެވެ.

މި މެޗުގެ މޭންއޮފްދަ މެޗަކަށް ހޮވިފައިވަނީ ސްކޫޕް ކަންމަތި ޓީމްގެ ޖާޒީ ނަމްބަރ 3 ޝަހީމް އަބްދުލް ގާދިރެވެ. މިރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ އެފްސީ ކެނަރީފާއި ނޯނާސްޓްރީޓެވެ.

މިމެޗު 1-0 އިން ކާމިޔާބުކުރީ ނޯނާސްޓްރީޓެވެ. މިމެޗުގައި ޖެހި ހަމައެކަނި ލަނޑު ޖަހައިފައިވަނީ ނޯނާސްޓްރީޓުގެ ޖާޒީނަމްބަރ 7 އިބްރާހީމް ޝާހިދުއެވެ. މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީވެސް އޭނާއެވެ. މިރޭގެ ތިންވަނަ މެޗުގައި ބައްދަލުކުރީ ހަބޭސްއާއި، އެސްއެމްޓީއެވެ. މިމެޗު ނިމުނީ 1-1 އިން ދެ ޓީމް އެއްވަރުވެގެންނެވެ.

މިމެޗުގައި އެސްއެމްޓީއަށް ލަނޑު ޖަހައިދީފައިވަނީ މުހައްމަދު އަޒާމެވެ. ހަބޭސްގެ ލަނޑުޖަހައިދީފައިވަނީ މި މެޗުގެ މޭންއޮފްދަ މެޗުގެ މަގާމް ހޯދި މުހައްމަދު ސަޔަމް ސައީދެވެ.

މިރޭގެ ފަހުމެޗުގައި ބައްދަލުކުރީ ޑީސީސްޕޯޓްސްއާއި އެފްސީ އަފިރިންއެވެ. މިމެޗުވެސް ނިމުނީ ދެޓީމްކުރެ ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ. މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވާފައިވަނީ ޑީސީސްޕޯޓްސްގެ ޖާޒީނަމްބަރ 4 ހުސައިން ވިފާގެވެ.

މި މުބާރާތުގެ ކުޅުން މާދަމާރޭވެސް އޮންނާނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެފްސީ ފެލްކަން އާއި، މަލްޓިޖީނިއަސްއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ މަރަދޫ ޔުނައިޓެޑާއި ފްރެންޑްސް ކުލަބެވެ. ތިންވަނަ މެޗުގައި ބައްދަލުކުރާނީ ޔަންގްވަންސް އާއި މެޖެންޓާއެވެ. ހަތަރުވަނަ މެޗުގައި ބައްދަލު ކުރާނީ ޔަންގްމެޖެންޓާއި ތުރީއޭ އެފްސީއެވެ.

މިއީ ޒުވާނުންގެ ހިތްތަކުގައި ކުޅިވަރުގެ ރޫހު އާލާކޮށް ދިރުވައި، އެކުވެރިކަން ބަދަހިކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ޖުމްލަ 20 ޓީމް ވާދަކުރެއެވެ. އަދި ފައިނަލް މެޗާއެކު ޖުމްލަ 47 މެޗު ކުޅޭނެއެވެ. މިމުބާރާތް މިމަހުގެ 25 އާ ހަމައަށް ކުރިއަށްދާނެއެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރަކީ އޮންދިގޯއެވެ. ކޯސްޕޮންސަރަކީ ލިޓަސްއެވެ. މީޑިއާ ޕާޓްނަރަކީ އޭއޯއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު