އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާރ އަންނަ ބުދަ ދުވަހު ފަށަނީ.

މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާރ އަންނަ ބުދަ ދުވަހު ފަށަނީ.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާރ އަންނަ ބުދަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ އިރު، މި އަހަރު ވަނީ 17 ސްކޫލަކުން 33 ޓީމު ބައިވެރިވެފައެވެ.

ސޮކަރ ވެޓަރެންސާއި މައިލޯ ގުޅިގެން ކުރިއަށް ގެންދާ މި ފިއެސްޓާރގައި މީގެކުރިން ހަމައެކަނި މާލޭގެ ސްކޫލްތަކުގެ ކުދިން ބައިވެރިކުރިނަމަވެސް، މިއަހަރުގެ ފިއެސްޓާރގައި އައްޑޫސިޓީ އާއި ފުވައްމުލައްސިޓީ ވަނީ ބައިވެރިކޮށްފައެވެ.

އަދި ށ. އަތޮޅާއި ގދ. އަތޮޅުގެސްކޫލްތަކަށްވެސް ފުރުޞަތު ދީ އިތުރަށް ފުޅާކުރުމަށް ނިންމާފައިވާކަމަށް ސޮކަރ ވެޓްރަންސް އިންބުންޏެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ގްރޭޑް ދޭކާއި ތިނެއްގެ ކުދިންގެ ފެސްޓިވަލް އަންނަ ބުދަ ދުވަހު 594 ދަރިވަރުންނާއެކު ހެންވޭރު ދަނޑުގައި ފެށިނަމަވެސް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ސްކޫލްތަކުގެގްރޭޑް އެކެއްގެ ފެސްޓިވަލް އޮންނާނީ އޯގަސްޓް 23 އިން 26 އަށެވެ.

ށ. އަތޮޅުގެ މާފަރު ޕްރީ ސްކޫލާއި ގްރޭޑް އެކެއްގެ ކުދިންގެފެސްޓިވަލް މާޗު 30 އިން އޭޕްރީލް އެކަކަށް ބޭއްވުމަށްފަހު، ދެން ބާއްވާނީ އައްޑޫ ސިޓީ ޕްރީ ސްކޫލާއި ގްރޭޑް އެކެއްގެ ކުދިންގެ ފެސްޓިވަލެވެ. އަދި ގދ. ތިނަދޫ ޕްރީސްކޫލާއި ގްރޭޑް އެކެއްގެ ދަރިވަރުންގެ ފެސްޓިވަލް ޖުލައި 27އިން 29 އަށް ބާއްވާ އިރު، ފުވައްމުލަކު ސިޓީގެޕްރީސްކޫލާއިގްރޭޑްއެކެއް އަދިދޭއްގެ ކުދިންގެ ފެސްޓިވަލް އޮންނާނީ ސެޕްޓެންބަރ 7ން 9އަކަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޚް