އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސެލިޔުލާ ފާމިންގ- ކުކުޅާ ނުލާ ބިސް، ގެރިއާ ނުލާ ކިރު މިހާރު ލިބޭނެ!

ސެލިޔުލާ ފާމިންގ- ކުކުޅާ ނުލާ ބިސް، ގެރިއާ ނުލާ ކިރު މިހާރު ލިބޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

ސެލިޔުލާރ ފާމިންގގެ ނަމުގައި މިހާރު ކުރިއަށް ގެންދާ މަޝްރޫއުގެދަށުން ކުކުޅާއި ނުލައި ބިސް އަދި ގެރިއާއި ނުލައި ކިރު ލިބޭނެގޮތް ހޯދިފައިވާކަމަށް ނިޔު ހާވެސްޓް އޮގަނައިޒޭޝަނުން ބުނެފިއެވެ.

އެ އޮގަނައިޒޭޝަނަނަކީ ދަނޑުވެރިކަމުގެ އައު ތަޖުރިބާތައް ކުރަމުން ގެންދާ ޖަމިއްޔާއެވެ.

ދުބާއީގައި މިހާރު ކުރިއަށް ގެންދާ ކޮންފަރަންސްގައި އެ ފައުންޑޭޝަންގެ ޑިރެކްޓަރ އިޝާ ދާތަރ ބުނީ ޖައްވަށް ބޭރުވަމުންދާ ވިހަ ގޭސްތަކުން ދުނިޔެ ތަގައްޔަރުވަމުން އަންނައިރު އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރަނީ ޖަނަވާރުންނަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ތަފާތު ބަލިތައް އަންނަނީ ފެތުރެމުން ކަމަށެވެ.

އިޝާ ބުނީ ސެލިޔުލާ ފާމިންގގެ އުފެއްދުންތައް ބޭނުންކުރުމުން ޞިއްޙީ އެއްވެސް މައްސަލައެއް ކުރިމަތިނުވާނެ ކަމަށެވެ. ދުނިޔެއަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާއިއެކު ވާރޭ ފެން ނުލިބުމާއި ގަސްތައް ހިކި އަނަރޫފަވަމުން އަންނައިރު އެކަމުގެ އަސަރު ދަނޑުވެރިކަމަށް ވަރަށް ބޮޑަށް ކުރަމުން އަންނަ ކަމަށެވެ.

ކާބޯތަކެތި އުފައްދާނެ އައު އީޖާދުތައް ކުރަންޖެހިފައިވާކަން ފާހަގަކޮށް އިޝާ ވަނީ އެމީހުންގެ އައު ހޯދުންތައް ހިއްޞާކޮށްފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް