އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔޫއެފާ ޗެމްޕިއަންސް ލީގު: ބެންފީކާއިން ޑޯޓްމަންޑް ބަލިކޮށްފި

ޔޫއެފާ ޗެމްޕިއަންސް ލީގު: ބެންފީކާއިން ޑޯޓްމަންޑް ބަލިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ކުޅުނު މެޗުން ބެންފީކާއިން ވަރުގަދަ ބްރޫޝިއާ ޑޯޓްމަންޑްގެ މައްޗަށް0-1 ގެ ނަތީޖާއަކުން ކުރި ހޯދައިފިއެވެ.

ބެންފީކާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ، ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ގޯލެއް ޖެހިފައިނުވިޔަސް ގޯލްޖަހާނެ ރަނގަޅު ގިނަ ފުރުޞަތުތަކެއް ވަނީ ޑޯޓްމަންޑަށް ލިބިފައެވެ.

އެގޮތުން މެޗުގެ 10 ވަނަ މިނެޓުގައި ޑޯޓްމަންޑްގެ ފޯވާޑް އޯބަމަޔަންއަށް ބެންފީކާގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ، ގޯލް ޖަހަން ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އެހެންނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ފުރަތަމަ ހާފް މިގޮތަށް ނިމުނަސް ދެވަނަ ހާފްގެ ކުރީކޮޅު ކޮސްޓަސް މިޓްރޮގްލޫ ވަނީ ލަނޑުޖަހާ ބެންފީކާއަށް މެޗުގެ ލީޑު ނަގާދީފައެވެ.ބެންފީކާގެ މި ގޯލަށްފަހު ޑޯޓްމަންޑުން ދިޔައީ އިތުރަށް ކުޅުން ވަރުގަދަކޮށް ކައިރިކައިރީގައި ބެންފީކާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ނަތީޖާ އެއްވަރުކޮށްލަން، މެޗުގެ 58 ވަނަ މިނެޓުގައި ޑޯޓްމަންޑަށް ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް އޯބަމަޔަން ފޮނުވާލި ޕެނަލްޓީ ބެންފީކާގެ ކީޕަރު ވަނީ ހުޝިޔާރު ކަމާއެކު ދިފާއުކޮށްފައެވެ.

ޗެމްޕިއަންސް ލީގުގެ ފުރަތަމަ ލެގުން ބެންފީކާ އަތުން ޑޯޓްމަންޑް ރޭ ބަލިވިއިރު އެޓީމު ވަނީ ލީގުގައިވެސް އެއްމެފަހުން ކުޅުނު މެޗުން ބަލިވެފައެވެ. އެގޮތުން ޖަރުމަނު ލީގުގައި އެންމެފަހުން ކުޅުނު 7 މެޗުގެ ތެރެއިން ޑޯޓްމަންޑު މޮޅެވެފައިވަނީ އެންމެ ދެ މެޗުންކަންވެސް ފާހަގަކޮށްލެވެއެވެ.
މި ދެ ޓީމު ބައްދަލުކުރާ، ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ އަށްވަނަ ދުވަހުއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން