އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔުވެންޓަރސްގެ އެއްބަސްވުން އާކުރުމުގެމަޝްވަރާތައް ޑިބާލާ ފަށައިފި

ޔުވެންޓަރސްގެ އެއްބަސްވުން އާކުރުމުގެމަޝްވަރާތައް ޑިބާލާ ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު


އިޓަލީގެ ޗެމްޕިއަން ޔުވެންޓަރސް އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޒުވާންފޯވާޑް ޕައުލޯ ޑިބާލާ، އެ ކްލަބާއެކީ ހަދާފައިވާ ކޮންޓްރެކްޓް އާކުރުމުގެމަޝްވަރާތައް ފަށައިފިއެވެ.

ޑިބާލާ ޔުވެންޓަސްއާއެކީ މިހާރު ހަދާފައިވާ އެއްބަސްވުމުގައި ބާކީތިންއަހަރުއޮއްވާ އެ މަޝްވަރާތައް ފަށާފައިވާއިރުއޭނާ ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކުލަބުތައް ކަމަށްވާ މެންޗެސްޓަރ ސިޓީ އާއި ރެއާލް މެޑްރިޑާއި ބާސެލޯނާ އާއި ޗެލްސީ އިންވެސް އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.

ޔުވެންޓަރސްގެ އެއްބަސްވުން އާކުރުމާއި ބެހޭގޮތުން ޑިބާލާ ބުނީ އެއްބަސްވުން އާކުރުން މިހާރު އޮތީ ވަރަށް ގާތުގައި ކަމަށާއި އެކަން ދާދިއަވަހަށް ނިމޭނޭ ކަމަށެވެ.
" އެއްބަސްވުމާމެދު ދެން މާ ގިނަ ދުވަހެއް ނުނަގާނެ. ދެން ނުނިމި ހުރީވަރަށް ކުދިކުދި ކަންތައްތައް. އުއްމީދަކީ ވީހާވެސް އަވަހަކަށް އެ ކަންކަންނިމިގެންދިޔުން" ޑިބާލާ ބުންޏެވެ.

2015 ވަނަ އަހަރު ޔުވެންޓަރސް އާއި ގުޅުނު ޑިބާލާ ބުނީ އެހެން ކްލަބްތަކުންޝަގުވެރިކަން ފާޅުކުރި ނަމަވެސް، އޭނާގެ ވިސްނުން ހުރީ ޔުވެންޓަރސްގައިމަޑުކުރަން ކަމަށެވެ.

ޢުމުރުން 23 އަހަރުގެ ޑިބާލާ މި ސީޒަނުގައި ޔުވެންޓަރސްގައި މޮޅުކުޅުމެއް ދައްކަމުން އަންނަ އިރު، އޭނާ ވަނީ މި ސީޒަނުގެ މިހާތަނަށް އެޓީމަށް ކުޅެދިން 24 މެޗުގައި 8 ގޯލު ކާމިޔާބުކޮށްދީފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން