އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުއާޓަރ ފައިނަލްގައި ޗެލްސީ އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރަން ޖެހިއްޖެ

ކުއާޓަރ ފައިނަލްގައި ޗެލްސީ އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރަން ޖެހިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

އިނގިރޭސި އެފްއޭކަޕްގެ ކުއާޓަރ ފައިނަލްގައި ޗެލްސީ އާއި މެންޗެސްޓަރ ޔުނައިޓެޑް، ބައްދަލުކުރަން ޖެހިއްޖެއެވެ.

ފަސްބުރުގައި ވުލްވްސްގެ މައްޗަށް 0-2 ގެ ނަތީޖާއަކުން މޮޅުވެ ޗެލްސީ އެފްއޭކަޕްގެ ކުއާޓަރ އިން ޖާގަ ހޯދިއިރު މެންޗެސްޓަރ ޔުނައިޓެޑް ކުއާޓަރ ފައިނަލުން ޖާގަ ހޯދީ ބްލެކްބާން ރޯވާސްގެ މައްޗަށް 1-2 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

އެފްއޭކަޕްގެ ކުއާޓަރ ފައނަލްގައި ޗެލްސީ އަދި ޔުނައިޓެޑު ބައްދަލުކުރާއިރު މިއީ މި ސީޒަނުގައި މި ދެ ޓީމު ބައްދަލުކުރާނެ ދެވަނަ ފަހަރުކަން ފާހަގަކޮށްލަންޖެހެއެވެ.

މި ދެޓީމު ވަނީ މިފަހަރުގެ ސީޒަނުގައި އެއްފަހަރު ބައްދަލުކޮށްފައެވެ. އެ މެޗު 0-4 ގެ ނަތީޖާއަކުން ޗެލްސީން ވަނީ ކާމިޔާބުކޮށްފައެވެ.

މި ދެ ޓީމު ބައްދަލުކުރާ ކުއާޓަރ ފައިނަލް މެޗު ކުޅެވޭނީ އަންނަ މާޗު މަހުގެ 11 ވަނަ ދުވަހު ޗެލްސީގެ ދަނޑުގައެވެ.

ކުއާޓަރ ފައިނަލުން ދެން ޖާގަހޯދި ޓޮޓެންހަމް ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ލެސްޓަރ ކަޓުވާލުމަށް ފަހު ކްއާޓަރ އިން ޖާގަ ހޯދި މިލްވޯލްއާއެވެ. މިޑިލްސްބޮރޯ ބައްދަލުކުރާނީ މެންޗެސްޓަރ ސިޓީ އާއި ހަޑެލްސްފީލްޑް ބައްދަލުކުރާ ރީޕްލޭ މެޗުން މޮޅުވާ ޓީމަކާއެވެ.

އަދި އާރސެނަލް އާއި ސަޓަން ޔުނައިޓެޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެއް ބައްދަލުކުރާނީ ލިންކަން ސިޓީއާއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން