އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަޔާ ލެވަކޫޝަންގެ މައްޗަށް ކުރިހޯދާ އެތްލެޓިކޯ މެޑްރިޑުން ކުއާޓާފައިނަލާ ގާތަށް ޖެހިލައިފި.

ބަޔާ ލެވަކޫޝަންގެ މައްޗަށް ކުރިހޯދާ އެތްލެޓިކޯ މެޑްރިޑުން ކުއާޓާފައިނަލާ ގާތަށް ޖެހިލައިފި.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަލަ ލެގުގައި ރޭޖަރުމަނުގެ ބަޔާ ލެވަކޫޝަން އާއި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑުބައްދަލުކުރި މެޗު އެތްލެޓިކޯ މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.
ރޭ ކުޅުނު މި މެޗުން ބަޔާ ލެވަކޫޝަންގެ މައްޗަށް އެތްލެޓިކޯ މެޑްރިޑުން ކުރިހޯދީ 2-4 ގެ ނަތީޖާއިންނެވެ.

ދެޓީމުގެ ފަރާތުންވެސް އަވަސް އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ އެތްލެޓިކޯ މެޑްރިޑުންނެވެ. ގަބީ ދިންހިއްގައިމު ޕާހަކުން މި ގޯލު މެޗުގެ 17 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީޒުވާން ފޯވާޑް ޝައުލް ނިގޭޒްއެވެ.

ޝައުލްގެ މި ލަނޑުން އެތްލެޓިކޯ މެޗުގެ ލީޑު ނެގިތާ ފަސްވަރަކަށް މިނެޓުފަހުން އެތްލެޓިކޯއިން އެޓީމުގެ ދެވަނަ ލަނޑު ޖަހާ މެޗުގެލީޑުފުޅާކުރިއެވެ. މެޗުގެ 25 ވަނަ މިނެޓުގައި ގެމެއިރޯގެ އެހީތެރިކަމާއެކުމި ލަނޑު ކާމިޔާބުކޮށްދިނީ އެންޓޮނީން ގްރީޒްމަންއެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު އެތްލެޓިކޯއިންނިންމާލިއިރު މެޗުގެ ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ބަޔާލެވަކޫޝަންއިން އެޓީމުގެ ފުރަތަމަ ލަނޑުޖަހާ ފަރަގު ކުޑަކުރިއެވެ.

މި ލަނޑު ބަޔާ ލެވަކޫޝަންއަށް ކާމިޔާބުކޮށްދިނީ ހެންރިޗްގެ އެހީތެރިކަމާއެކު އެޓީމުގެ މިޑްފީލްޑަރ ކަރީމް ބެލަރެބީ އެވެ.

ބަޔާ ލެވަކޫޝަންއިން ލަނޑުޖަހާ ފަރަގު ކުޑަކުރިނަމަވެސް އެތްލެޓިކޯ އިންވަނީ މެޗުގެ 59 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ގޯލްގެތެރެއަށްވައްދާލައިގެން ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ކެވިންގެމެއިރޯއެވެ.

ގެމެއިރޯގެ މި ގޯލް ޖެހިތާ ގިނައިރުތަކެއްނުވެ ބަޔާ ލެވަކޫޝަންއިންއެޓީމުގެ ދެވަނަ ލަނޑުޖަހާ ދެވަނަ ފަހަރަށް ފަރަގު ކުޑަކުރިއެވެ. އެހެންނަމަވެސް މި ލަނޑަކީ އެތްލެޓިކޯ މެޑްރިޑު ކުޅުންތެރިއެއްގެ އަތުންބައިކޮޅަށް ވަތް ލަނޑެކެވެ.

އެތްލެޓިކޯއިން ތިންވަނަ ފަހަރަށް ލީޑު ފުޅާކުރީ މެޗުގެ 86 ވަނަ މިނެޓުގައިތަޖުރިބާކާރު ފޯވާޑް ފެނާންޑޯ ޓޯރޭސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މޮ މޮޅާއެކު މުބާރާތުގެ ކުއާޓާ އާއި ގާތަށް އެތްލެޓިކޯ އިން ޖެހިލާފައިވާއިރު ބަޔާ ލެވަކޫޝަންއަށް ކުއާޓާއަށް ދެވޭނީ ދެވަނަ ލެގުގެމެޗުގައި އެތްލެޓިކޯ ކޮޅަށް އެންމެ މަދުވެގެން ވެސް ދެ ގޯލުކާމިޔާބުކޮށްގެންނެވެ.

މި ދެ ޓީމު އެތްލެޓިކޯ ދަނޑުގައި ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ 16 ވަނަ ދުވަހުގެ ރެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޚް