އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލެސްޓާ ސިޓީ ބަލިކޮށް ސެވިއްޔާ މުބާރާތުގެ ކުއާޓާ ފައިނަލާއި ގާތަށް ޖެހިލައިފި

ލެސްޓާ ސިޓީ ބަލިކޮށް ސެވިއްޔާ މުބާރާތުގެ ކުއާޓާ ފައިނަލާއި ގާތަށް ޖެހިލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ، ލެސްޓާ ސިޓީގެ މައްޗަށް ކުރި ހޯދައި، މުބާރާތުގެ ކުއާޓާފައިނަލާއި ގާތަށް ސެވިއްޔާއިން ޖެހިލައިފިއެވެ.

ރޭ ކުޅުނު މި މެޗުން ލެސްޓާ ސިޓީގެ މައްޗަށް ސެވިއްޔާއިން ކުރި ހޯދީ 1-2 ގެ ނަތީޖާއަކުންނެވެ.

ސެވިއްޔާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ފާހުގައި ގިނަވަގުތު ބޯޅަކޮންޓްރޯލް ކޮށްގެން މޮޅަށް ކުޅެފައިވަނީ ސެވިއްޔާއިންނެވެ. އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި އެޓީމަށް ވަނީ ލީޑުނަގަން ޕެނަލްޓީއެއްވެސް ލިބިގެން ގޮސްފައެވެ. އެހެން ނަމަވެސް އާޖެންޓީނާގެ ޒުވާން ފޯވާޑް ކޮރެއާ ފޮނުވާލި މި ޕެނަލްޓީ ވަނީ ލެސްޓާގެ ކީޕަރު ސްމައިކަލް ދިފާއުކޮށްފައެވެ.

ސެވިއްޔާއިން މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑުނަގާފައިވަނީ މެޗުގެ 25 ވަނަމިނެޓްގައިޕަބްލޯސެރެބިއާކާމިޔާބުކޮށްދިންލަނޑުންނެވެ. މިލަނޑަށްފަހުވެސްމިހާފުގައިސެވިއްޔާއިން ލެސްޓާގެގޯލަށްނުރައްކާތެރިހަމަލާތަކެއްފޮނުވާލާފައިވެއެވެ.

މެޗުގެ ފުރަތަމަ ހާފު ސެވިއްޔާއިން ލީޑުގައި އޮވެ ނިންމާލިއިރު އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ 62 ވަނަ މިނެޓުގައި ކޮރެއާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ލެސްޓާއިން އެޓީމުގެ ފުރަތަމަ ލަނޑުޖަހާ ނަތީޖާގެ ފަރަގު ކުޑަކުރީ 73 ވަނަ މިނެޓުގައި ޖެމީ ވާޑީއެވެ.

ރޭގެ މެޗުން މޮޅުވެ ކުއާޓާ އާއި ގާތަށް ސެވިއްޔާއިން ޖެހިލާފައިވީ ނަމަވެސް ލެސްޓާއަށް ވެސް އަދި ފުރުސަތު ނުގެއްލެއެވެ.
މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ، އަންނަ މަހުގެ 14 ވަނަ ދުވަހުއެވެ

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން