އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕޯޓޯ ބަލިކޮށް ކުއާޓާއަށް ދިއުމުގެ ފުރުސަތު ޔުވެންޓަސްއިން އާކޮށްފި.

ޕޯޓޯ ބަލިކޮށް ކުއާޓާއަށް ދިއުމުގެ ފުރުސަތު ޔުވެންޓަސްއިން އާކޮށްފި.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ، 0-2ގެ ނަތީޖާއަކުން ޕޯޓޯގެ މައްޗަށް ކުރި ހޯދައި، މުބާރާތުގެ ކުއާޓާފައިނަލާއި ގާތަށް ޔުވެންޓަސްއިން ޖެހިލައިފިއެވެ.
ޕޯޓޯގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި، ޔުވެންޓަސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވީ ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެއެވެ.

އެހެން ނަމަވެސް ޔުވެންޓަސްއަށް ވަނީ ލީޑުނަގަން ފުރުސަތު ލިބި ބޭކާރުވެގެން ގޮސްފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ނިންމާލިއިރު، ދެވަނަ ހާފަށް ކުޅެން ނިކުމެ ޔުވެންޓަސްއިން ކުޅެމުންގެންދިޔައީ ކުރީ ހާފާ ޚިލާފަށް ވަރުގަދަ ކުޅުމެކެވެ. އެގޮތުން މެޗުގެ 72 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑުނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކްރޮއޭޝިއާގެ ޒުވާން ފޯވާޑް މާކޯ ޖެކާއެވެ.

މާކޯ ޖެކާގެ ލަނޑުން ޔުވެންޓަސް ލީޑުނެގިތާ ދެމިނެޓުފަހުން އެޓީމުދެ ދެވަނަ ލަނޑުޖަހާ މެޗުގެ ލީޑު ފުޅާކުރިއެވެ. މެޗުގެ ލީޑު ފުޅާކުރި މި ލަނޑު ޔުވެންޓަސްއަށް ޖަހައިދިނީ ބާސާއިން ޔުވެންޓަސްއަށް ބަދަލުވި ޑެނި އަލްވޭސް އެވެ.

މި ލަނޑުތަކަށް ފަހުވެސް ޔުވެންޓަސްއަށް ވަނީ ލީޑު އިތުރަށް ފުޅާކުރަން ފުރުސަތު ލިބިގެން ގޮސްފައެވެ.

ރޭގެ މި މޮޅާއެކު ޔުވެންޓަސްއަށް މުބާރާތުގެ ކުއާޓާފައިނަލަށް ދިއުމަށް ވަނީ މަގުފަހިވެފައެވެ. އެގޮތުން ދެވަނަ ލެގުގެ މެޗު އެއްވަރުވެގެން ނިމުނަސް ފުރުސަތު އޮތީ ޔުވެންޓަސްއަށެވެ.
މުބާރާތުގެ ކުއާޓާފައިނަލާއި ގާތަށް ޔުވެންޓަސް ޖެހިލާފައިވާއިރު، އެޓީމަކީ މި މުބާރާތުގެ މިފަހަރުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވިފައިވާ އެއްޓީމެވެ.

މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ، އަންނަ މަހުގެ 14 ވަނަ ދުވަހުގެ ރެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން