އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަރުގަދަ ރެއާލް މެޑްރިޑު ވެލެންސިއާ އަތްދަށުވެއްޖެ

ވަރުގަދަ ރެއާލް މެޑްރިޑު ވެލެންސިއާ އަތްދަށުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުން ވަރުގަދަ ރެއާލް މެޑްރިޑު ބަލިވެއްޖެއެވެ.

ރެއާލް މެޑްރިޑު ވެލެންސިއާ އަތުން ރޭ ބަލިވެފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ.

ވެލެންސިއާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް އަވަސް އަދި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައިރު މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑުނެގީވެސް ވެލެންސިއާއިންނެވެ.
މެޗުގެ ވަރަށް ކުރީކޮޅު ލަނޑުޖަހާ މެޗުގެ ލީޑު ވެލެންސިއާއިން ނެގިއިރު މެޗުގެ 4 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ޖަހައިދިނީ މުނީރުގެ އެހީތެރިކަމާއެކު ސިމިއޯނީ ޒާޒާއެވެ.

ވެލެންސިއާއިން އެޓީމުގެ ދެ ވަނަ ލަނޑުޖަހާ ލީޑު ފުޅާކުރީ މެޗުގެ 9 ވަނަ މިނެޓުގައި ފަބިއަން އޮރިލާނާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މެޗުގެ ވަރަށް ކުރީކޮޅު ކައިރިކައިރީގައި ދެ ލަނޑުޖަގާ ވެލެންސިއާއިން ރެއާލް މެޑުރިޑު ޕްރެސަރަށް ވައްޓާލިއިރު ރެއާލްއިން ދިޔައީ މެޗުގެ ނަތީޖާ ނެރުމަށް ގިނަމަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް ރެއާލްއިން ވަނީ ލަނޑެއްޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ރެއާލް މެޑްރިޑަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ވެލެންސިއާއިން ނިންމާލިއިރު ދެވަނަ ހާފަށް ކުޅެންނިކުމެއެޓީމުން ކުޅެމުންގެންދިޔައީ ޑިފެންސިވް ކުޅުމެކެވެ. އެގޮތުން ވަރުދަގަ ރެއާލް ނަތީޖާނެރެން ބުރަމަސައްކަތް ތަކެއް ކުރަމުން ދިޔަނަމަވެސް އެޓީމަށް ވަނީ ވެލެންސިއާގެ ވަރުގަދަ ޑިފެންސްފޫއަޅުވާލެވޭގޮތް ނުވެފައެވެ.

ރޭގެ މެޗުގައި ރެއާލްއަށް ލަނޑުޖަހަން މާ ރަނގަޅު ފުރުސަތުތަކެއް ވެސް ވަނީ ތަނަވަސްކުރެވޭގޮތް ނުވެފައެވެ.

ރޭގެ މި ނަތީޖާއާއެކު ރެއާލް އަދިވެސް އޮތީ 52 ޕޮއިންޓާއެކު ލީގުގެ އެއްވަނާގައެވެ. ލީގުގެ އެއްވަނަ ރެއާލްއަށް ލިބޭއިރު ދެވަނަ ލިބެނީ އެއްޕޮއިންޓުގެ ތަފާތުން ބާސާއަށެވެ. ބާސެލޯނާ ލީގުގެ ދެވަނާގައި އޮތީ ރެއާލްއަށްވުރެ އެއް މެޗު އިތުރަށް ކުޅެގެން އެއްޕޮއިންޓުގެ ތަފާތުންނެވެ.

ތިންވަނާގައި އޮތީ 49 ޕޮއިންޓާއެކު ސެވިއްޔާއެވެ.

ރެއާލް އަތުން ރޭ މޮޅުވި ވެލެންސިއާ އޮތީ 26 ޕޮއިންޓާއެކު ލީގުގެ 14 ވަނާގައެވެ.

ރޭގެ ބައްޔަކީ ރެއާލް މެޑްރިޑު މިފަހަރުގެ ސީޒަނުގައި ބަލިވި ދެވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ލީގުގައި ދެން ރެއާލް ނިކުންނާނީ އަންނަ ހަފްތާ އާދިއްތަ ދުވަހުގެ ރޭ ވިޔަރެއާލްއާ ދެކޮޅަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން