އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލެސްޓާ ސިޓީގެ ކޯޗު، ކްލައުޑިއޯ ރަނިއޭރީ މަގާމުން ވަކިކޮށްފި

ލެސްޓާ ސިޓީގެ ކޯޗު، ކްލައުޑިއޯ ރަނިއޭރީ މަގާމުން ވަކިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

އިނގިރޭސި އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ މަގާމުން ވަކިކޮށްފިއެވެ.

ވޭތުވެދިޔަ އަހަރު އިނގެރޭސި ޕްރިމިއާ ލީގު އުފުލާލަ ދިން ކޯޗު، ކްލައުޑިއޯ ރަނިއޭރީ މަގާމުން ވަކި ކޮށްފައިވަނީ މިފަހަރުގެ ސީޒަންގައި ލެސްޓާ ނެރެމުންގެންދާ ދައް ނަތީޖާތަކުގެ ސަބަބުންނެވެ.

ރަނިއޭރީ މަގާމުން ވަކިކުރިކަން ޔަގީން ކޮށްދީފައިވަނީ ލެސްޓާ ސިޓީއިން ނެރުނު ބަޔާނެއްގައެވެ.

މިހާރު އުމުރުން 65 އަހަރުގެ ރަނިއޭރީ މަގާމުން ވަކިކުރިކަން ޔަގީން ކޮށްދިނުމަށް ލެސްޓާއިން ނެރުނު މި ބަޔާނުގައި ބުނެފައިވަނީ ނަރިއޭރީ މަގާމުން ވަކިކޮށްފައިވަނީ މިވަގުތު ލެސްޓާ ނެރެމުންގެންދާ ދައް ނަތީޖާތަކުގެ ސަބަބުން އެޓީމަށް ހިއްދަތިކަން ކުރިމަތި ވަމުންދާތީ ކަމަށެވެ.

އެހެން ނަމަވެސް ލެސްޓާއަށް ރަނިއޭރޯ ހޯދާދިން ކާމިޔާބީއާއި އޭނާގެ ހިދުމަތްތަކަށް ބަލާއިރު އޭނާ މަގާމުން ވަކިކުރުމަކީ އުނދަގޫ ކަމެއް ކަމަށާއި ނަމަވެސް މިއީ އާސީޒަނެއްކަމަށެވެ.

ވޭތުވެދިޔަ ސީޒަންގެ ލީގު އެޓީމަށް 10 ޕޮއިންޓްގެ ފަރަގަކާއެކު ތާވަލުގެ އެއްވަނައިގައި އޮވެ ލެސްޓާއިން ކާމިޔާބުކުރިތާ އަދި މާގިނަދުވަސްތަކެއްވެސް ނުވާކަމަށާއި އެހެން ނަމަވެސް މި ސީޒަންގައި އިނގެރޭސި ލީގުގައި ލެސްޓާއިން ކުޅެމުން އަންނަނީ ދަށް ކުޅުމެއް ކަމަށް ކުލަބުން ނެރުނު މި ބަޔާނުގައި ވެއެވެ.

މި ސީޒަންގައި މިހާތަނަށް ލެސްޓާއިން ކުޅުނު މެޗުތަކުގެ ތެރެއިން މޮޅުވެފައިވަނީ ފަސް މެޗުންނެވެ. އަދި އެޓީމު އޮތީ ރެލިގޭޝަން ޒޯނުން ބޭރުގައި އެއް ޕޮއިންޓްގެ ތަފާތުންނެވެ.
ލެސްޓާސިޓީ މިވަގުތު އޮތީ 21 ޕޮއިންޓާއެކު ލީގުގެ 17 ވަނަގައެވެ. އެޓީމަށް ދެން ލީގުގައި ބާކީ ކުޅެން އޮތީ 13 މެޗެވެ.

ލެސްޓާއިން ނެރުނު ބަޔާނުގައި ބުނީ ރަނިއޭރީއަކީ ޝައްކެއްވެސް ނެތްގޮތުގައި ކުލަބުގެ ތާރީޚްގައި އެންމެ ކާމިޔާބު ކޯޗު ކަމަށެވެ. އެހެން ނަމަވެސް މި ސީޒަންގައި ޓީމު ރެލިގޭޝަނާއި ދިމާއަށް މިސްރާބު ހުރުމުން މިފަދަ އުނދަގޫ ނިންމުމެއް ނިންމަން މަޖުބޫރު ވީކަމަށެވެ.

ލެސްޓާގައި ރަނިއޭރީއާއެކު މަސައްކަތްކުރި ދެ އެސިސްޓެންޓް ކޯޗުންވެސް ވަނީ ވަކިވެފައެވެ. ރަނިއޭރީއަށް ފަހުން ދެން އެ ޓީމާއި ވަގުތީ ގޮތުން ހަވާލުވާނީ އެސިސްޓެންޓް މެނޭޖަރ އަދި ފަސްޓް ޓީމު ހެޑް ކޯޗެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން