އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ކްރައިމް ޕްރިވެންޝަން ކެމްޕޭން 2017" އިފްތިތާހް ކޮށްދެއްވައިފި

"ކްރައިމް ޕްރިވެންޝަން ކެމްޕޭން 2017" އިފްތިތާހް ކޮށްދެއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު

ރާއްޖޭގައި ކުށް މަދު އަމަން އޮމާން ވެއްޓެއް ޤާއިމް ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސަސް އާއި އެހެނިހެން ބައެއް ކުންފުނިތަކުން ގުޅިގެން "ކްރައިމް ޕްރިވެންޝަން ކެޕްޕޭން 2017" ގެ ނަމުގައި ކެމްޕޭނެއް ފަށައިފިއެވެ.

މިއަދު ހެނދުނު އިސްލާމި މަރުކަޒު ކޮންފެރެންސް ހޯލްގައި މިކަމާއި ގުޅިގެން ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ މިކެމްޕޭނު އިފްތިތާޙް ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު އަރީފް އެވެ.

މިކެމްޕޭނުގައި ބައިވެރިވި އެހެން ކުުންފުނިތަކުގެެ ތެރޭގައި ހިމެނެނީ ބޭންކް އޮފް މޯލްޑިވްސް، ދިރާގު، ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން (އެސްޓީއޯ)، ޓާރނިންގ ސްޓޯންސް، އެލައިޑް އިޝުއަރެންސް ޕްރައިވެޓް ލިމިޓެޑް އަދި މެޕްސް ކޮލެޖް އެވެ.

ދިވެހި ރާއްޖެ އަކި އަމަން އޮމާން ކުށްމަދު ވެއްޓެއްގެ ގޮތުގައި ހެއްދެވުމަށް މޯލްޑިވްސް ޕޮލިސް ސާރވިސަސް އިން މިދިޔަ އަހަރުވެސް ވަނީ ގިނަގުނަ ޕްރޮގްރާމްތަކެއް ހިނގާ ކާމިޔާބީތައް ޙާސިލް ކޮށްފައެވެ. މިގޮތުން އަތޮޅުތަކުގެ ސްކޫލްތަކަށް އަމާޒުކޮސްގެން ފާއިތުވީ އަހަރު 22 ރެޑީ ކޭމްޕެއްވަނީ ހިންގާފައެވެ. މިރެޑީ ކޭމްޕުތަކުގައި ޖުމްލަ 4524 ފަރާތަކުން ބައިވެރިވެފައިވާ އިރު ސްކޫލް މަދުރަސާތަކުން 1704 ދަރިވަރުންވަނީ ބައިވެރިވެފައެވެ.

މިއަދުގެ މިރަސްމިއްޔާތު ތަޢާރަފްކޮށް ޝުކުރު ދެންނެވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ. ޝުޖާއުގެ ވާހަކަފުޅު ދެންނެވީ "ދުނިޔޭގެ ކޮންމެ ޤައުމަކަށް ބެލި ކަމުގައި ވިޔަސް އެޤައުމެއްގެ އަމަން އަމާންކަން ޤާއިމް ވެގެންދަނި އެޤައުމެއްގައި ދިރިއުޅޭ އެންމެން ގުޅިގެން ކުރެވޭ މަސައްކަތްތަކުން" ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސަސް އާއި ގުޅިގެން "ކްރައިމް ޕްރިވެންޝަން ކެމްޕޭން 2017" ހިންގުމަށް ފަހުމް ނާމާތަކުގައި ސޮއި ކުރެއްވީ މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ފަރާތުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފުއެވެ. ދިރާގު ގެ ފަރާތުން މެނެޖިންގް ޑިރެކްޓަރ އަދި ސީއީއޯ އިސްމާއިލް ރަޝީދު އެވެ. އަދި އެލައިޑް އިންޝުއަރެންސް ގެ ފަރާތުން ފަހުމް ނާމާގައި ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަފްރާޒް އެވެ. އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ ޗީފް ފައިނޭންޝަލް އޮފިސަރ މުޙައްމަދު މިހާދުއެވެ.
މެޕްސް ކޮލެޖްގެ ފަރާތުން ފަހުމްނާމާގައި ސޮއި ކުރެއްވީ ޑެޕިއުޓީ ރެކްޓަރ ޢަބްދުލް ޢަޒީޒް އިބްރާހިމް އެވެ. ޓާރނިންގ ސްޓޯންސް ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރ ޙުސެއިން އިޙްމާލުއެވެ.

"ކްރައިމް ޕްރިވެންޝަން ކެމްޕޭން 2017" ގެ ޝިޢާރު ތައްޔާރު ކޯށްދެއްވީ ދިވެހ ބަހުގެ އެކެޑެމީ ރައީސް އަލްފާޟިލް އަޝްރަފް ޢަލީ އެވެ. އަދި ލޯގޯ ތައްޔާރު ކޮށްދެއްވީ ޓާރނިންގ ސްޓޯންސް އެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ