އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަހަތުން އަރައި ވިޔަރެއާލް ބަލިކޮށް ރެއާލްއިން މަގާމު ދިފާއުކޮށްފި

ފަހަތުން އަރައި ވިޔަރެއާލް ބަލިކޮށް ރެއާލްއިން މަގާމު ދިފާއުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

ފަހަތުން އަރައި 2-3 ގެ ނަތީޖާއަކުން ވިޔަރެއާލް ބަލިކޮށް ރެއާލް މެޑްރިޑުން ލީގުގެ އެއްވަނަ މަގާމު ދިފާއުކޮށްފިއެވެ.

ރޭ ވިޔަރެއާލްގެ މައްޗަށް ކުރިހޯދުމުން ލިބުނު މޮޅާއެކީ ލީގުގެ އެއްވަނައިގައި ރެއާލް އޮތީ ކުޅުނު 25 މެޗުން ލިބުނު 55 ޕޮއިންޓާއެކީގައެވެ.


ދެވަނައިގައި އޮތީ ބާސެލޯނާއެވެ. ބާސެލޯނާ ދެވަނައިގައި އޮތީ 54 ޕޮއިންޓާއެކުގައެވެ. ލީގުގެ ތިންވަނައިގައި 52 ޕޮއިންޓާއެކީ އޮތީ ސެވިއްޔާއެވެ.


ވިޔަރެއާލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެފައިވަނީ އެޓީމުންނެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފުނިންމާލަން ޖެހުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެގި އެއްވަރުވެ އޮވެއެވެ.


ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު، ދެވަނަ ހާފްގެ ކުރީކޮޅު މުނޯޒް ވަނީ މެޗުގެ ފުރަތަމަ ގޯލް ޖަހާ ވިޔަރެއާލްއަށް ލީޑުނަގާދީގައެވެ. އަދި އޭގެ ހަ މިނެޓްފަހުން ބަކަމްބޫ ވަނީ ވިޔަރެއާލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފައެވެ.


ވިޔަރެއާލްގެ ދެ ގޯލަށްފަހު ރެއާލްއިން ކުޅުން ރަނގަޅުކޮށް މޮޅަށް ކުޅެމުން ދިޔައިރު އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 64 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ގެރެތް ބޭލްއެވެ. އަދި މެޗުގެ 74 ވަނަ މިނެޓްގައި، ރެއާލްއަށް ލިބުނު ޕެނަލްޓީއަކުން، އެޓީމަށް ނަތީޖާ އެއްވަރުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.


މި މެޗުން ރެއާލް މޮޅުވި ގޯލު މެޗުގެ 83 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި، އަލްވާރޯ މޮރާޓާއެވެ.


ލީގުގައި ރެއާލް ދެން ބައްދަލުކުރާނީ އެއިބާއާއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން