އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިބްރަހިމޮވިޗްގެ ދެ ލަނޑުން ޔުނައިޓެޑް ލީގު ކަޕް ކާމިޔާބުކޮށްފި.

އިބްރަހިމޮވިޗްގެ ދެ ލަނޑުން ޔުނައިޓެޑް ލީގު ކަޕް ކާމިޔާބުކޮށްފި.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

ޒަލަޓާން އިބްރަހިމޮވިޗް ކާމިޔާބުކުރި ގޯލާ އެކު ސައުތުހެމްޓަން އަތުން 3-2އިން މޮޅުވެ އިނގިރޭސި ލީގު ކަޕުގެ ޗެމްޕިއަންކަން މެންޗެސްޓާ ޔުނައިޓެޑްރޭ ހޯދައިފި އެވެ.
ރޭގެ ކާމިޔާބީ އަކީ މޮރީނިއޯގެ ކޯޗުކަމުގެ ދަށުން ޔުނައިޓެޑުން ހޯދި ފުރަތަމަ ބޮޑު ކާމިޔާބީއެވެ.

ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައިރު މެޗުގެ 11 ވަނަމިނެޓުގައި ސައުތުހެމްޓަންގެ މަނޯލޯ ގަބިއަޑިއަނީ ވަނީ ގޯލެއް ޖަހާފައެވެ. އެހެން ނަމަވެސް އަރިމަތި ރޮނގު ބަކަހައްޓާ އެސިސްޓެންޓް ރެފްރީނިންމާފައިވަނީ މި ގޯލަކީ އޮފްސައިޑް ގޯލެއް ކަމަށެވެ.

އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން އިބްރަހިމޮވިޗު ވަނީ ގޯލެއް ޖަހާ ޔުނައިޓެޑަށް މެޗުގެ ލީޑު ނަގައިފަ އެވެ.

އަދި 38 ވަނަ މިނެޓުގައި ޖެސޭ ލިންގާޑް އެ ޓީމަށް ލީޑު ފުޅާކޮށްދިނެވެ. އެހެން ނަމަވެސް ފުރަތަމަ ހާފު ނިމެންދަނިކޮށް ސައުތުހެމްޓަންގެ އިޓަލީފޯވާޑް ގަބިއަޑިއަނީ ވަނީ ލަނޑު ޖަހައި އެ ޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

ޔުނައިޓެޑު ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ދެ ވަނަ ހާފުފަށައިގެން ދެ ވަނަ މިނެޓުގައި ސައުތުހެމްޓަންއިން ވަނީ ލަނޑެއްޖަހާނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑުވެސްއެޓީމަށްޖަހައިދިނީގަބިއަޑިއަނީއެވެ.

މެޗު ނިމެން ގާތްވެފައިވަނިކޮށް ސައުތުގެމްޓަންގެ އޮރިއެލް ރޮމެއޫ ފޮނުވާލިބޯޅައެއް ދަނޑިއަށް ވެސް އަމާޒުވި އެވެ. އެކަމަކު 87 ވަނަ މިނެޓުގައިއަންދަރު ހެރޭރާ ނަގައިދިން ހުރަހަކުން އިބްރަހިމޮވިޗް ވަނީ ގޯލް ޖަހައިޔުނައިޓެޑަށް ތަށި ޔަގީންކޮށްދީފަ އެވެ.
އިބުރަހިމަވިޗުގެ މޮޅުކުޅުމާއި އެކު ޔުނައިޓެޑު ލީގު ކަޕް ކާމިޔާބުކުރިއިރު މޮރީނިއޯ މީގެ ކުރިން ޗެލްސީއާ ދެ ފަހަރެއްގެ މަތިން ހަވާލުވިއިރުވެސް ފުރަތަމަ ކާމިޔާބަކީ ލީގު ކަޕެވެ.

މިއީ މޮރީނިއޯ މި މުބާރާތް ކާމިޔާބުކުރި ހަތަރު ވަނަ ފަހަރެވެ.

އެގޮތުން 2005 ވަނަ އަހަރު ލިވަޕޫލް ބަލިކޮށް ޗެމްޕިއަންކަން ހޯދިއިރު 2015ވަނަ އަހަރު ތަށި ހޯދީ ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށްފަ އެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން