އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުސްތާޛުންގެ ބަސް ޤަބޫލުކުރުން: ދަރިވަރުންނަށް ކުރިމަތިވާ މައްސަލަތަކުގެ ޙައްލު: ޑރ. ޝަހީމް

އުސްތާޛުންގެ ބަސް ޤަބޫލުކުރުން: ދަރިވަރުންނަށް ކުރިމަތިވާ މައްސަލަތަކުގެ ޙައްލު: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު


ދަރިވަރުން ކިޔަވަން މަސައްކަތްކުރާއިރު އުސްތާޛުންގެ ބަސް ޤަބޫލުކޮށްގެން އުސްތާޛުން ދެއްވާ އިރުޝާދާ އެއްގޮތަށް ކުރިއަށް ދިއުމަށް މަސައްކަތް ކުރާނަމަ ދަރިވަރުންނަށް ކުރިމަތިވާ ހުރިހާ މައްސަލަތަކެއް ހައްލުކުރެވޭނެ ކަމަށް އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ތާޖުންދީން ސްކޫލުގެ މިއަަހރުގެ ލީޑަރުންނަށް ބެޖް ހަވާލުކުރުމަށް ރޭ އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ އެމަނިކުފާނަކީ އަމިއްލަފުޅަށް އެކަން ވަރަށް ބޮޑަށް ތަޖުރިބާ ކުރައްވައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ ޕާކިސްތާނުގައި ހުންނަވައިގެން ކީރިތި ޤްރްއާން ހިތުދަސްކުރައްވަން މަސައްކަތްޕުޅު ފެށްޓެވި ދުވަސްވަރު އެއީ ކުރެއްވިދާނެ ކަމާއިމެދު ވަަރަށް ބޮޑަށް ޝައްކު ކުރެއްވިކަމަށެވެ. ނަމަވެސ އުސްތާޛުންގެ ބަސް ގަބޫލުފުޅުކުރައްވައި ކުރިއަށް ވަޑައިގަތުމުން މަޤްޞަދު ހާޞިލުކުރެއްވެވުނު ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ ކޮންމެ ދަރިވަރަކަށްވެސް މައްސަލަތައް ކުރިމަތިވާނެ ކަމަށާއި މައްސަލައެއް ކުރިމަތިވުމުން އެކަމަކާއިމެދު އެންމެ ރަނގަޅުވާނީ އުސްތާޛުންނާއި މަޝްވަރާކޮށް އެހީތެރިކަން ހޯދުން ކަމަށެވެ.
ރޭގެ ތަޤްރީރުގައި ޑރ. ޝަހީމް އެންމެ ބޮޑަށް ބާރުއެޅުއްވީ ހަރުދަނާ އަކްލާޤެއް ހޯދުމަށެވެ. ލިބޭ ތައުލީމާއިއެކު އަޚްލާޤީ ސިފަތައްވެސް ލިބިގަތުމަށް ޑރ. ޝަހީމް ވަނީ ވަރަށް ބޮދަށް ބާރުއަޅުއްވައިފައެވެ.
ޑރ. ޝަހީމް ވިދާޅުވީ ޙާޞިލުކުރެވޭ އިލްމުގެ ހަޤީޤީ ފައިދާ ކުރާނީ ހަރުދަނާ އަކްލާޤެއް ލިބިގަނެގެން ރިވެތި ގޮތުގައި އަމަލުތައް ބަހައްޓައިގެން ކަމަށެވެ. ހަރުދަނާ ސުލޫކެއް ލިބިފައިވާ ދަރިވަރަކަށް ވެގެން ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް