އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެސްޓީއޯގަ 4000 މުވައްޒިފުން އެބަތިބި- އަބަދުވެސް އެންމެ އިސްކަންދޭނީ ޤައުމީ ޚިދުމަތަށް: ޝަހީރު

އެސްޓީއޯގަ 4000 މުވައްޒިފުން އެބަތިބި- އަބަދުވެސް އެންމެ އިސްކަންދޭނީ ޤައުމީ ޚިދުމަތަށް: ޝަހީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

އެސްޓީއޯ އަކީ 4000 މުވައްޒިފުން ތިބި ކުންފުންޏެއް ކަމަށާއި އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޤައުމަށް ޚިދުމަތް ކުރެއްވުމަށް ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވެއްޖެއެވެ.

އެސްޓީއޯގެ މުވައްޒިފުންނަށް މީސްލްސް ވެކްސިން ޖަހަން ފެށުމުގެ ޕްރޮގްރާމް އިފްތިތާޙްކުރުމަށް މިއަދު ހެނދުނު އެސްޓީއޯ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޝަހީރު ވިދާޅުވީ އެސްޓީއޯ މައި އޮފީހުގައި 400 އަށްވުރެ ގިނަ މުވައްޒިފުން ޚިދުމަތްކުރާއިރު އެސްޓީއޯގެ ސަބްސިޑަރީ 7 ކުންފުންޏާއިއެކު އެސްޓީއޯ އަކީ 4000 ވަރަކަށް މުވައްޒިފުން ޤައުމަށް ޚިދުމަތްކުރާ ކުންފުންޏެއް ކަމަށެވެ.

ޝަހީރު ވިދާޅުވީ ޤައުމަށް ފައިދާހުރި ކޮންމެ މަޝްރޫއެއްގައިވެސް އެސްޓީއޯ އިން ބައިވެރިވާނެ ކަމަށާއި ހެލްތް މިނިސްޓްރީ އާއި އެސްޓީއޯ އަކީ ގުޅިގެން ގިނަ ކަންތައްތަކެއް ކުރަމުން ގެންދާ ދެ ފަރާތަށްވުމުން ހެލްތް މިނިސްޓްރީން ހިންގާ މަޝްރޫއުތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެ ކަަމަށެވެ.

ޝަހީރު ވިދާޅުވީ މީސްލްސް އިން ރާއްޖޭގެ ރައްޔިތުން ސަލާމަތް ކުރައްވައި ރާއްޖެއަކީ މީސްލްސް ނެތް ޤައުމަކަށް ހެއްދެވުމުގެ ކެންޕޭނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ފަށްޓަވައިދެއްވުމުން އެ މަޝްރޫއުގެ މުހިންމުކަން ހާމަވެގެންދާ ކަމަށެވެ. އަދި ދިވެހިރައްޔިތުންނަކީ ބަލިތަކުން ސަލާމަތްވެ ތިބޭ ބައަކަށް ހެއްދެވުމަށް އެމަނިކުފާނު ބޭނުންފުޅުވާ މިންވަރުވެސް ވަަރަށް ބޮޑަށް ހާމަވެގެން ހިނގައްޖެ ކަމަށެވެ.

އެސްޓީއޯ އިން ގެންދަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފާރމަސީތައް ހިންގައި ޚިދުމަތް ދެމުންނެވެ. ބޭސް އެތެރެކޮށް ލުއިފަސޭހަ ގޮތްތަކަށް ލިބޭނެ ގޮތް އިންތިޒާމުކޮށްދިނުމުގެ އިތުރުން އެސްޓީއޯ އަކީ ޞިއްޙީ އަދި އިޖުތިމާޢީ ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން ބައިވެރިވެ ވަރަށް ބޮޑަށް އެހީތެރިވަމުން އަންނަ ކުންފުންޏެކެވެ.

ގުރައިދޫ ޞިއްޙީ މަރުކަޒަށާއި ކުޑަކުދިންގެ ހިޔާތައް ފަދަ ތަންތަނަށް އެސްޓީއޯގެ މުވައްޒިފުން އަމިއްލަ ގޮތުން ވެސް ގެންދަނީ ބޮޑެތި އެހީތައް ފޯރުކޮށްދެމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް