އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންހެނުން ބާރުވެރިވާނީ އެކަމަށް ކުރިމަތިލައި މަސައްކަތްކޮށްގެން: އިރްތިޝާމް

އަންހެނުން ބާރުވެރިވާނީ އެކަމަށް ކުރިމަތިލައި މަސައްކަތްކޮށްގެން: އިރްތިޝާމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

އަންހެނުން ބާރުވެރިވާނީ އެކަމަށް ކުރިމަތިލައި ކުރަންޖެހޭ މަސަްއކަތްތައް ފުރިހަމައަށް ކޮށްގެން ކަމަށް ޔޫތް މިނިސްޓަރ އިރްތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

އިރްތިޝާމް މިމޭރުމުން ވިދާޅުވީ ޕީޕީއެމްގެ އަންހެނުންގެ ގޮފިން އިންތިޒާމްކޮށްގެން ހުކުރު ދުވަހު ހަވީރު ޝީ ބިލްޑިންގގައި ކުރިއަށް ގެންދިއަ އެގޮފީގެ އަންހެނުންގެ މަހާސިންތާގައެވެ.

އިރްތިޝާމް ވިދާޅުވީ އަންހެނުން ބާރުވެރިވެ ކުރިއަށް ދެވޭނެ ގޮތްތައް ޙޯދުމަށްޓަކައި އަންހެނުންގެ މެދުގައި މަޝްވަރާތައް ކުރަންޖެހޭ ކަމަށެވެ. ކުރިއަށް ދާނެ މަގުތައް ކަނޑައަޅައި ކުރިއަށްދާން މަސައްކަތްކުރަންޖެހޭ ކަމަށެވެ.

އިރްތިޝާމް ވިދާޅުވީ ކޮންމެ އަންހެނަކުވެސް އެއަންހެނަކު ކުރިއަށްދާން ބޭނުންވާ ދާއިރާއެއް ކަނޑައަޅަންވާނެ ކަމަށެވެ. އަދި އެދާއިރާއަކުން ކުރިއަށް ދިއުމަށް ގަދައަޅައި މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ.

އިރްތިޝާމް ވިދާޅުވީ މުޖުތަމައުގެ ކޮންމެ ކަމަކަށް ބެލިނަމަވެސް ކަންކަން ކުރިއަށްދަނީ އަންހެނުންގެ ދައުރު އެކަމުގައި އޮވެގެން ކަމަށެވެ. އެހެންކަމުން އެހެން މީހުންނަށް ޚިދުމަތްކުރުމަކީ އަންހެނުންގެ ކާމިޔާބީއެއް ކަމަށެވެ. އަމިއްލަ ޢާއިލާ އާއި މުޖުތަމައުވެސް ކުރިއަރައިދަނީ އަންހެނުންގެ ދައުރު އޮވެގެން ކަމަށާއި އެއީ އަންހެނުންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އިރްތިޝާމް ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރަނީ މައިން ކަމަށެވެ. އެހެންކަމުން ތަރިން ތަރުބިއްޔަތުކުރުމާއި ދަރިންނަކީ އިސްލާމް ދީނަށް ލޯބިކުރާބައަކަށް ހެދުމުގައިވެސް އެންމެ އިސްދައުރެއް އަދާކުރަނީ އަންހެނުން ކަމަށެވެ.

ހަޔާތުގައި ކުރިއަށް ދިއުމަށްޓަކައި އަންހެނުންނަކީ ހަމައެކަނި ވަޒީފާ އަދާކުރާ ބައަކަށް ނުވެ އަމިއްލަ މަސައްކަތެއްކޮށްގެން ކުރިއަށްދާ ބައަކަށްވުމުގެ މުހިންމުކަންވެސް އިރްތިޝާމް ވަނީ ފާހަގަކުރައްވައިފައެވެ.

މިއީ ޕީޕީއެމް އަންހެނުންގެ ގޮފިން "މުޖުތަމައުގަ އަންހެނުންގެ ދައުރު" ޝިޢާރުގެ ދަށުން ކުރިއަށް ގެންދިއަ ދެވަނަ ބައްދަލުވުމެވެ. ފުރތަމަ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިދިއަ އަހަރުއެވެ.

މަހާސިންތާ ފެށުމުގެ ކުރިން ބައިނަލްއަޤްވާމީ އަްހެނުންގެ ދުވަހާއި ގުޅުވައިގެން ވަނީ "އެންމެން" ބައިވެރިވެގެން ކޭކެއް ފަޅައިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް