އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފެބްރުއަރީ މަހު މީރާއަށް 1 ބިލިއަންރުފިޔާ...

ފެބްރުއަރީ މަހު މީރާއަށް 1 ބިލިއަންރުފިޔާ...


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ފެބުރުއަރީ މަހު 1 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް އެ އޮތޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން ޢާންމުކޮށްފައިވާ ތަފާސްހިސާބުގައިވާގޮތުން މިއީ ފެބުރުއަރީ 2017 ގައި ލިބޭނެކަމަށް އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ .2 އިތުރު ޢަދަދެކެވެ.

ނަމަވެސް 2016 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެތެރޭގައި ލޭންޑް އެކުއިޒިޝަން އަދި ކޮންވަރޝަންފީ އާއި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ގިނަ ޢަދަދެއްގެ ފައިސާ ލިބިފައިވާތީ، އަދި މި ފައިސާއަކީ ވަންއޯފް ޕޭމަންޓް ތަކެއް ކަމުގައިވާތީ، އެ މަހުގެ އާމްދަނީ 2017 ވަނަ އަހަރުގެ ފެބުރުއަރީ މަހުގައި ލިބިފައިވާ އާމްދަނީއަށްވުރެ އިތުރު ވެފައިވެއެވެ.

ފެބުރުއަރީ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ %63.6 ނުވަތަ 638.83 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީ.ޕީ.ޓީ (136.85 މިލިއަން ރުފިޔާ ނުވަތަ .6) އިންނެވެ. މީގެ އިތުރުން ގްރީން ޓެކްސް (64.52 މިލިއަން ރުފިޔާ ނުވަތަ %6.4)، އެއަރޕޯޓް ސަރވިސް ޗާޖް (45.99 މިލިއަން ރުފިޔާ ނުވަތަ %4.6)، ލޭންޑް އެކުއިޒިޝަން އަދި ކޮންވާޝަންފީ (24.76 މިލިއަން ރުފިޔާ ނުވަތަ %2.5)، އަދި އެހެނިހެން ޓެކުހާއި ފީ (93.83 މިލިއަން ރުފިޔާ ނުވަތަ %9.3) ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ފާހަގަ ކުރެވެއެވެ.

ފެބުރުއަރީ 2017 ގައި މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 41.7 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޚް