އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢަލީ ރަމީޒް- މުޅި އިސްލާމީ އުންމަތް ފަޚުރުވެރިވާނެ މުސްލިމް ދަރިއެއް!

ޢަލީ ރަމީޒް- މުޅި އިސްލާމީ އުންމަތް ފަޚުރުވެރިވާނެ މުސްލިމް ދަރިއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އިސްލާމް މަތިވެރިކުރެއްވުމަށް މިހާރު ވަރަށް ގިނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ޢަލީ ރަމީޒް އަކީ ދިވެހިންގެ އިތުރަށް މުޅި އިސްލާމީ އުންމަތް ފަޚުރުވެރިވާނެ މުސްލިމެކެވެ.

އީޕީއެސް ސްކޫލް އެ ދަރިވަރަކާއިމެދު ފަކުރުވެރިވާ ޢަލީ ރަމީޒާއި ގުޅުވައިގެން އޭނާ ކުރިން ލަވަ ވިދާޅުވެ ރިޒޯޓުތަކުގައި ޝޯތައް ދެއްވި ވާހަކަ ލިޔާ މީހުންނަށް ނުއެނގޭ އެއް ކަމެއް އެބައޮތެވެ. އެއީ ސްކޫލްގައި ކިޔަވާ ވިދާޅުވަން އުޅުއްވި އިރުންސުރެ ފަރުޟު 5 ނަމާދު އަދާއަށް ކުރެއްވެވުމަށް އިސްކަން ދެއްވި ކަމެވެ. އެކަމަށް ޚާއްސަ ފަރުވާތެރިކަން ބެހެއްޓެވި ކަމެވެ.

ޢަލީ ރަމީޒް ލަވަވިދާޅުވުން ހުއްޓަވައިލެއްވީ އެއީ ކުރައްވަން އިސްލާމް ދީން ހުއްދަރާ ކަމެއް ނޫން ކަމަށް އަމިއްލަފުޅަށް ޤަބޫލުފުޅުކުރެއްވެވިގެންނެވެ. އެއީ ބައަކު ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. އެއީ އަލީ ރަމީޒްގެ އަމިއްލަފުޅު ނިންމެވުމެކެވެ. ޢަލީ ރަމީޒަށް ލިބިވަޑައިގެންވާ ހައްޤެކެވެ.

ދާދިފަހުން ފްލައިޓެއް ގޮވައި އަވަހާރަވި ޕާކިސްތާނުގެ ދީނީ އިލްމުވެރިޔާއަކީވެސް ގިޓާ ހިއްޕަވައިގެން މިޔުޒިކް ކުޅުއްވަން އުޅުއްވި ބޭކަލެކެވެ. ނަމަވެސް ގިޓާ އެއްލަވާލައްވައި ފަހުން ކުރައްވަމުން ގެންދެވީ މީސްތަކުންނަށް ދީނަށް ގޮވައިލެއްވެވުމުގެ މަސައްކަތްޕުޅެވެ. ނަތީޖާއެއްގެ ގޮތުން ވަނީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގެންފައެވެ. އެތައް މިލިއަން މުސްލިމުންގެ ތާއީދު ވަނީ ލިބިވަޑައިގެންފައެވެ.

ޢަލީ ރަމީޒުގެ އެންމެ ޚާއްޞަ އެއް ކަމަކީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ސުންނަތަށް ލޯބި ކުރެއްވެވުމެވެ. އަލީ ރަމީޒަށް މިހާރު ވަނީ ގިނަ ބައެއްގެ ލޯބި ލިބިވަޑައިގެންފައެވެ. ލަވަ ވިދާޅުވަން ގެންގުޅުއްވި މައިކް އެއްލަވާލައްވާފައި ދީނީ ޕްރޮގްރާމްތައް ހުށަހަޅުއްވައި ދެއްވަމުން ގެންދަވާތީއެވެ. ހުށަހަޅުއްވައި ދެއްވަވާ ފުރިހަމަކަމުންނެވެ.

ބޭރުގެ ބައެއް މީޑިއާތަކުން ޢަލީ ރަމީޒަށް މިހާރު ފާޑުކިޔައެވެ. އެކަމުން އެނގެނީ އަލީ ރަމީޒާއިމެދު ދުނިޔޭގެ ސަމާލުކަން އިތުރުވަމުން އަންނަކަމެވެ. އިސްލާމް ދީނަށް ޚިދުމަތްކުރާނަމަ ބައިނަލްއަޤްވާމީ ޑީއާތަކަށް ހަޖަމެއް ނުކުރެވޭނެއެވެ. ނަމަވެސް އެއީ މުސްލިމުން ކަންބޮޑުވާންޖެހޭނެ ކަމެއް ނޫނެވެ. އެކަންވާނީ އިތުރަށް ބާރަށް ކުރިއަށް ދިއުމަށް ލިބޭ ހިތްވަރަކަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް