އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯގާއަށް ރައްކާތެރިވުމުގެ ގޮތުން އޭދަފުށި ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ރޯގާއަށް ރައްކާތެރިވުމުގެ ގޮތުން އޭދަފުށި ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

ރާއްޖޭގައި ހަލުއިކަމާއެކު މިހާރު ފެތުރެމުންދާ ހުމާއި ރޯގާއިން ރައްކާތެރިވުމުގެ ގޮތުން ބ. އޭދަފުށި ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ޕްރޮގްރާމާއިބެހޭ ގޮތުން މިއަދު ނޫހަށް މަޢުލޫމާތު ދެއްވަމުން ބ. އަތޮޅު ހޮސްޕިޓަލުގެ ޑިރެކްޓަރ އަޙުމަދު ވަޙީދު ވިދާޅުވީ މިއީ މިއަދު ހެނދުނު 08:30 ން ފެށިގެން 10:30 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެ ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި ހުރިހާ މުއައްސަސާއަކާއި ކްލަބު ޖަމިއްޔާތަކުން ގިނަ ޢަދަދަެއްގެ މީހުން ބައިވެރިވެފައިވާ ކަމަށެވެ.

" އަޅުގަނޑުމެންގެ މިއަދު ސާފުކުރުން ބޮޑަށް އަމާކުރީ ރަށުގެ އެކި ސަރަހައްދުގައި ތަފާތު ސަބަބުތަކާހެދި ކުނި ޖަމާވެފަ ހުރި ތަންތަނަށް. މި ޕްރޮގްރާމު ކުރިއަށް ގެންދިޔައީ 10 ގްރޫޕަކަށް ބަހާލައިގެން. ވަރަށް ގިނަ ޢަދަދެއްގެ ކުނި މިއަދު ޖަމާކުރެވުނު " ވަޙީދު ވިދާޅުވިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން އިސްނަގައިގެން ސާފުކުރުމުގެ މި ޕްރޮގްރާމު ކުރިއަށް ގެންހޮސްފައިވާ އިރު، ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ހުމާއި ރޯގާގައި، ބ. އަތޮޅު ހޮސްޕިޓަލަށް ދައްކައި ފަރުވާ ހޯދަން އަންނަ މީހުންގެ ޢަދަދު މަތިވަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ވަނީ ދައްކާފައެވެ.

ސްވައިން ފްލޫ ޖެހުމުން ނުރައްކާ އެންމެ ބޮޑީ ޢުމުރުން ފަސް އަހަރުން ދަށުގެ ކުދިންނާއި ޢުމުރުން 65 އަހަރުން މަތީގެ މީހުންނާއި މާބަނޑު މީހުންނާއި ފުއްޕާމޭ، ހިތް، ފުރަމޭ، ލޭ، ނާވަސް ސިސްޓަމް، ނިއުރޯމަސްކިއުލަރ ނުވަތަ މެޓަބޮލިކް މައްސަލަތައް ހުންނަ ބޮޑެތި މީހުންނާއި ކުޑަކުދިންނަށާއި ދިފާޢީ ބާރު ދެރަ ކުޑަކުދިންނާއި މީހުންނަށާއި ދާއިމީކޮށް ފަރުވާ ހޯދަންޖެހޭ ބަލިތައް ހުންނަ މީހުންނަށެވެ.

އެކި ސަރަހައްދުތަކުގައި ފެތުރެމުންދާ ހުމުގެ ތެރެއިން ބައެއް މީހުން H1N1 ނުވަތަ ސްވައިން ފްލޫ އަށް މިހާތަނަށް 105 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އޭގެ ތެރެއިން 2 މީހަކު ވަނީ މަރުވެފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޚް