އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބެޑްމިންޓަން އެސޯސިއޭޝަންގެ އަހަރީ ޢާންމު ޖަލްސާ ކޯރަމް ހަމަނުވެގެން މާދަމާއަށް ލަސްކޮށްފި

ބެޑްމިންޓަން އެސޯސިއޭޝަންގެ އަހަރީ ޢާންމު ޖަލްސާ ކޯރަމް ހަމަނުވެގެން މާދަމާއަށް ލަސްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

ބެޑްމިންޓަން އެސޯސިއޭޝަންގެ އަހަރީ ޢާންމު ޖަލްސާ ކޯރަމް ހަމަނުވެގެން މާދަމާއަށް ލަސްކޮށްފިއެވެ.

އެ އެސޯސިއޭޝަނުން ބުނީ އެ ޖަލްސާ ބޭއްވުމަށް މިހާރު ނިންމާފައިވަނީ މާދަމާ ހެނދުނު 10:00 ގައި ޔޫތް ސެންޓަރުގެ ސެމިނަރ ރޫމުގައި ކަމަށެވެ.

ޖަލްސާގައި ބައިވެރިވެލައްވާ ފަރާތްތަކުން މާދަމާ ހެނދުނު 09:45 ން 10:00 އަށް ރަޖިސްޓްރޭޝަންގައި ސޮއި ކުރުމަށް އެ އެސޯސިއޭޝަނުން އެދެއެވެ.

މިޖަލްސާގައިބައިވެރިވުމުގެ ފުރުޞަތު އެސޯސިއޭޝަންގެ އެންމެހާ މެމްބަރުންނަށްހުޅުވާލާފައިވާ އިރު، މާރޗު އެއްވަނަ ދުވަހުގެ ނިޔަލަށް 2017 ވަނަ އަހަރުގެ ފީ ދައްކަވާފައިވާ 31 ޑިސެމްބަރ 2016 އާއި ހަމައަށް ރަޖިސްޓްރޭޝަން ހައްދަވާފައިވާ މެމްބަރުން މެމްބަރޝިޕް ކާޑާއި އައިޑީ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށްވެސް ބެޑްމިންޓަން އެސޯސިއޭޝަނުން އެދެއެވެ.

ކްލަބާއި ބީސީޑީތަކުގެ ފަރާތުން އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވެ ކްލަބު ތަމްސީލުކުރާ މަންދޫބުންނަށް އެއްވެސް ބަދަލެއް އައިސްފައިވާ ނަމަ ލިޔުމަކުން އެ އެސޯސިއޭޝަނަށް ހުށަހަޅަން ޖެހެއެވެ. އަދި ޖަލްސާއަށް ވަޑައިގަންނަވާ އިރު، އައިޑީ ކާޑު ނުގެންނަވާ ފަރާތްތަކަށް ޖަލްސާގައި ބައިވެރި ނުވެވޭނެ ކަމަށްވެސް ބެޑްމިންޓަން އެސޯސިއޭޝަނުން ބުންޏެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް