އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޝާ ﷲ! އިދިކޮޅު ފަރާތްތައް ފޭލްކޮށްލާނަން- ނިހާން

އިންޝާ ﷲ! އިދިކޮޅު ފަރާތްތައް ފޭލްކޮށްލާނަން- ނިހާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙްގެ މައްޗަށް އިތުބާރު ނެތްކަމަށް ނަގަން ހަމަޖެހިފައިވާ އިތުބާރު ނެތްކަމުގެ ވޯޓުގައި މާތްﷲގެ ވާގިފުޅާއިއެކު އިދިކޮޅު ފަރާތްތައް ފޭލްކޮށްލައްވާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު، ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ވިދާލުވެއްޖެއެވެ.

މަސީޙް މިމޭރުމުން ވިދާޅުވެފައިވަނީ މިރޭ ކުރިއަށް ގެންދިއަ ޕީޕީއެމް، އެމްޑީއޭ ޕީޖީ ގްރޫޕުގެ ބައްދަލުވުމުގެތެރެއިން ކުރެއްވި ޓްވީޓެއްގައެވެ. މިބައްދަލުވުމުގައި ރައީސް ޢަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވިއެވެ.

މިވޯޓާއި ގުޅިގެން ޕީޕީއެމްގެ ނައިން ލީޑަރު ޢަބްދުﷲ ޢަބްދުއްރަހީމް ވިދާޅުވެފައިވަނީ ވޯޓުނަގާދުވަސް، މިމަހުގެ 27 ވަނަ ދުވަހަކީ ދިވެހި ރައްޔިތުންގެ ކުރިމަތީގައި އިދިކޮޅު ފަރާތްތައް ބޭޒާރުވެގެންދާނެ ދުވަހެއް ކަމަށެވެ. އަދި މިވޯޓް ޕީޕީއެމް އާއި އެމްޑީއޭ އިން ކާމިޔާބުކުރާނީ ޤައުމާއި ރައްޔިތުންގެ އަދާވާތްތެރިންގެ ކުރުިމަތީގައި ފިސާރި ސާބިތުވެ ތިބެގެން ކަމަށެވެ.

މަޖިލީހުގައި ހިމެނޭ 85 މެންބަރުންގެ އަޣްލަބިއްޔަތު ވޯޓު ކާމިޔާބުކުރަން އިދިކޮޅު ފަރާތްތަކަށް ބޭނުންވާނެއެވެ. މިއީ މަޞީހްގެ މައްޗަށް މިފަދަ ވޯޓެއް ނަގަން މަސައްކަތްކުރާ 3 ވަނަ ފަހަރެވެ.

ވޯޓު ނެގުމަށް ރައީސް މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫން ގަދައަޅުއްވައި މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާއިރު ރައީސް މައުމޫން ހުންނެވީ ރާއްޖެއިން ބޭރުގައެވެ. ވޯޓާއި ދިމާކޮށް ރައީސް ނަޝީދު ވަނީ ސްރީލަންކާއަށް ވަޑައިގެންފައެވެެ.

ގިނަ ބައަކު ޤަބޫލުކުރަނީ "ގަދަހިފުން" ކާމިޔާބު ކުރާނީ ސަރުކާރުން ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް