އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮލޮރާޑޯ ގެ މިސްކިތެއްގެ ތެރެއަށް ބައިބްލްއެއް އެއްލާ ގައު އުކައިފި

ކޮލޮރާޑޯ ގެ މިސްކިތެއްގެ ތެރެއަށް ބައިބްލްއެއް އެއްލާ ގައު އުކައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

ސީއެންއެން- ކޮލޮރާޑޯގެ މިސްކިތެއްގެ ޙުރުމަތް ކަނޑާލާ، އެމިސްކިތް ތެރެއަށް މީހަކު ބައިބްލްއެއް އެއްލާ ގައުތަކެއް އުކި މައްސަލަ އެޤައުމުގެ ފުލުހުން ތަޙުޤީޤު ކުރަން ފަށައިފިއެވެ.

މިސްކިތުގައި ޖަހާފައި ހުރި ދޮރެއްގެ ބިއްލޫރިގަނޑު ތަޅާލާ، ނަމާދު ކުރާތަނަށް އެމީހާ އެއެއްޗެހި އުކަނިކޮށް ވަނީ ސީސީޓީވީ ކެމެރާއަށް އަރާފައެވެ. އެމީހާ މިކަން ކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

"އާދީއްތަ ދުވަހު ފަތިހުގެ ވަގުތެއްގައި، އެމިސްކިތަށް ގެއްލުުންތަކެއް ދީފައިވާ ކަމަށް އެސަރަޙައްދުގައި މަސައްކަތް ކުރާ އޮފިސަރު ވަނީ ރިޕޯޓު ކޮށްފަ." ސީއެންއެން އަށް މަޢުލޫމާތު ދެމުން ފޯޓް ކޮލިންސް ގެ ފުލުހުންގެ ސްޕޯކްސްޕަރސަން ޑަސްޓިން ވިއާރ ބުނެފައިވެއެވެ.

އެމިސްކިތުގައި މަސައްކަތް ކުރާ ބައެއް އޮފިޝަލުން ބުނެފައިވަނީ ސީސީޓީވީ ފުޓޭޖުން ފެންނަނީފިރިހެނެއް، މިސްކިތް ތެރެއަށް ބޮޑެތި ގައު ތަކެއް އުކާތަނާއި ބައިބްލްއެއް އެއްލާތަން ކަމަށެވެ.

މިމައްސަލައާއި ގުޅިގެން އެޤައުމުގެ މުސްލިމުންގެ ޙައްޤުތަކާއި ބެހޭ އެންމެ ބޮޑު އޯގަނައިޒޭޝަން، ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސް (ސީއޭއައިއާރް)، އިން ވަނީ ހަރުކަށި އިބާރާތުން މިކަން ކުށްވެރިކޮށް މިމައްސަލަ ވީއެންމެ އަވަހަކަށް ބެލުމަށް ކަމާއިބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

"މިސްކިތުގެ ހުރުމަތްތެރިކަމާއި ކަރާމާތް ކަނޑާލާ، އަޅުކަން ކުރާ ތަނަކަށް ގެއްލުން ދިނުމުގެ އިތުރުން ބައިބްލް އެއް އެއްލުމުން ސާބިތު ކޮށްދެނީ ވަކި ކޮޅަކަށް ޖެހިފައިވާކަން! މިކަމުން ދައްކުވާދެނީ މިއީ އިސްލާމްދީން ދެކެ އަންނަ ރުޅިއެއްގެ ސަބަބުން ކުރިކަމެއްކަން. މިކަން ކުރި މީހަކު ވީއެންމެ އަވަހަކަށް ހޯދާ މިމައްސަލަ ބެލުމަށް ކަމާއިބެހޭ ފަރާތްތަކަށް ގޮވާލަން" ސީއޭއައިއާރް ގެ ނޭޝަނަލް ކޮމިއުނިކޭޝަންސް ޑިރެކްޓަރ އިބްރާހިމް ހޫޕަރ ބުންޏެވެ.

ނަމަވެސް އެޤައުމުގެ ފުލުހުން ބުނެފައިވަނީ، މިއީ އިސްލާމްދީން ދެކެ ރުޅިއައިސްގެން ކޮށްފައިވާ ކަމެއްކަމަށް ނުފެންނަ ކަމަށާއި އެއްވެސް ގޮތެއް ނިންމާނީ އެމައްސަލަ އިތުރަށް ތަޙުޤީޤު ކޮށްފައި ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ