އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުތުރު ބަސްތައް އަމާޒު ކުރީ ޖައްވަށްކަމަށް މެސީ ބުނެފި.

ހުތުރު ބަސްތައް އަމާޒު ކުރީ ޖައްވަށްކަމަށް މެސީ ބުނެފި.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

ވަރލްޑްކަޕް ކޮލިފިކޭޝަންގައި އެންމެފަހުން ޗިލީއާ ދެކޮޅަށް އާޖެންޓީނާ ކުޅުނުމެޗުގައި ލައިންސްމަނަކާއި ދިމާލަށް "އަވަގުރާނަ" ގޮވީ ރެފްރީއަށްއަމާޒުކޮށްގެން ނޫން ކަމަށާއި އެވަގުތުއުދާސްތައްބޭރުކޮށްލީވައިގެތެރެއަށް ކަމަށް މެސީ ބުނެފިއެވެ.

ވަރލްޑް ކަޕް ކޮލިފައިންގައި މާޗް 23 ވަނަ ދުވަހު ޗިލީގެމައްޗަށް 0-1 ގެނަތީޖާއަކުން އާޖެންޓީނާ ކުރި ހޯދި އެ މެޗުގެ، ހަމައެކަނި ގޯލު ލިބުނުޕެނަލްޓީއަކުން ކާމިޔާބުކޮށްދީފައިވަނީ މެސީއެވެ.

ޗިލީއާ ދެކޮޅަށް ކުޅެ 0-1 ގެ ނަތީޖާއިން އާޖެންޓީނާ މޮޅުވި މެމެޗުގެނިންމުންތަކާއި މެދު ހިތްހަމަނުޖެހިގެން، ލައިންސްމަނާއި ދިމާލަށް މެސީހަޑިހުތުރު ބަހުން އެއްޗެހިކީ ކަމަށް ބުނެ ފީފާއިން ވަނީ މެސީ ހަތަރުމެޗަށް ސަސްޕެންޑް ކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން މެސީ ބުނީ އޭނާ އުދާސްތައް ބޭރުކޮށްލީ ފަޒާގެތެރެއަށް ކަމަށެވެ. އެހެންކަމުން އޭނާގެ އެއްވެސް ކުށެއް މިކަމުގައިނެއްކަމަށާއި އަދި އޭނާއަށް ދިން އަދަބަކީ ބޭއިންސާފުން ދިން އަދަބެއްކަމަށްވެސް މެސީ ވަނީ ބުނެފައެވެ.

"އަހަރެން ކޮންމެ އެއްޗެސް ނުންޏަށް ބުނީ ވައިގެތެރެއަށް ލައިންސްމަން އަށް ދިމާލަކަށް ނޫން،" މެސީ ބުންޏެވެ.

އެހެން ނަމަވެސް މި މައްސަލާގައި މެސީއާ ގުޅޭގޮތުން ފީފާގެ ޑިސިޕްލިނަރީކޮމިޓީން ނެރުނު ބަޔާނުގައި ބުނީ، ޗިލީއާ ދެކޮޅަށް އާޖެންޓީނާ ކުޅުނުމެޗުގައި، އެމެޗުގެ އެސިސްޓެންޓް ރެފްރީއަކާ ދިމާއަށް މެސީ އައުގުރާނަގޮވާފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.
މެސީއަށް ދިން މި އަދަބުގެ ސަބަބުން އާޖެންޓީނާގެ

ގައުމީޓީމުންވެސް ވަނީ މައްސަލަ އިސްތިއުނާފް ކުރާނެކަމަށް ބުނެފައެވެ

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން