އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލިލީ ގްރޫޕުން އިތުރު 3 ފްރެންޗައިސް ބްރޭންޑް ރާއްޖެއަށް ގެންނަނީ..

ލިލީ ގްރޫޕުން އިތުރު 3 ފްރެންޗައިސް ބްރޭންޑް ރާއްޖެއަށް ގެންނަނީ..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

ލިލީ ގްރޫޕުން އިތުރު 3 ފްރެންޗައިސް ބްރޭންޑް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ގްރޫޕުގެ ދަށުން ހިންގާ އެފް އެންޑް ބީ ސަބްސިޑަރީ ކުންފުނި ލިލީ އިންޓަރނޭޝަނަލުން ބުނެފިއެވެ.

އެ ކުންފުނިން ބުނީ އެ ކުންފުނިތަކާއެކު މަޝްވަރާ ކުރަމުން މިހާރު އަންނަ ކަމަށާއި ވަރަށް އަވަހަށް އެތަންތަނުގެ ޚިދުމަތް ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.

އެއީ ހުޅުމާލެއަށް އަމާޒުކޮށްގެން ގެންނަ ތަންތަން ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ކޮފީ ލިބޭ ތަނަކާއި ބްރެޑުގެ ބާވަތްތައް ލިބޭ ތަނަކާއި ބާބަކިއު ކޮންސެޕްޓްގެ ފްރެންޗައިސް ތަނެއް ކަމަށްވެސް ލިލީ އިންޓަރނޭޝަނަލުން ބުންޏެވެ.

އިތުރު 3 ފްރެންޗައިސް ރާއްޖެއަށް ގެންނަން އެ ކުންފުނިން ނިންމާފައިވާ އިރު، މިހާރުވެސް އެ ކުންފުނިން އަންނަނީ ފްރަންޗައިސްކޮށް ސީކްރެޓް ރެސިޕީ އާއި މެރީ ބްރައުން އަދި އަމިއްލަ ފްރެންޗައިސެއް ކަމަށްވާ ޕިއްޒާ މިއާ ހިންގަމުންނެވެ. އަދި ލިލީ ކެފޭގެ ނަމުގައި ކާނިވާ ސަރަހައްދުގައި ހިންގި ކެފޭގެ އާ ޢިމާރާތް އެޅުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ސީކްރެޓް ރެސިޕީ ހިންގަމުން އަންނަތާ ދެ އަހަރުވެފައިވާ އިރު، މެރީ ބްރައުނަށް 5 އަހަރު އަދި ޕިއްޒާ މިއާ ހިންގާތާ ގިނަ ދުވަސްތަކެއްވެފައިވާ އިރު، މިތަންތަނުގެ ޑިމާންޑު އެއްވަރެއްގައި ހިފެހެއްޓިފައިވާތީ ޚިދުމަތް ހޯދާ މީހުންގެ ޢަދަދުވެސް އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ލިލީ އިންޓަރނޭޝަނަލަކީ ނެސްލޭ ބްރޭންޑުގެ އުފެއްދުންތައް ރާއްޖެ އެތެރެ ކުރާ ހޯލްސޭލް ޑިސްޓްރިބިއުޓަރއަށްވާ އިރު، ނެސްލޭގެ އިތުރުން އެ ކުންފުނިން އަންނަނީ އިންޓަރނޭޝަނަލް 30 ބްރޭންޑެއް ރާއްޖެ އެތެރެކޮށް ހޯލްސޭލް ކުރަމުންނެވެ.

ލިލީ އިންޓަރނޭޝަނަލް އަކީ ރާއްޖެއަށް ކާ ބޯތަކެތީގެ ބާވަތްތައް އެތެރެކުރާ އެންމެ ބޮޑު އެއް ކުންފުންޏެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް