އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޗައިނާ އާއި ޔޫރަޕުގެ ބައެއް ޤައުމުތަކުން ރާއްޖެ އަންނަ ފަރުތުވެރިންގެ ނިސްބަތް 29 އިންސައްތަ ދަށަށް...

ޗައިނާ އާއި ޔޫރަޕުގެ ބައެއް ޤައުމުތަކުން ރާއްޖެ އަންނަ ފަރުތުވެރިންގެ ނިސްބަތް 29 އިންސައްތަ ދަށަށް...


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

ޗައިނާ އާއި ޔޫރަޕުގެ ބައެއް ޤައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު 29 އިންސައްތަ ދަށަށް ހިނގައްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމާއިބެހޭ ވުޒާރާއިން ޢާންމުކޮށްފައިވާ ތަފާސް ހިސާބުގައިވާގޮތުން މިދިޔަ ފެބްރުއަރީ މަހު ވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ހީނަރުކަމެއް ކުރިމަތިވެފައެވެ.

އެގޮތުން މިދިޔަ ފެބްރުއަރީ މަހު ޗައިނާއިން އައި ފަތުރުވެރިންގެ ޢަދަދު 24،263 އަށް ދަށްވެފައިވާ އިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 29 އިންސައްތައިގެ ދަށްވުމެކެވެ.

ރާއްޖެއަށް އެންމެގިނައިން ފަތުރުވެރިން އަންނަ ޤައުމުން ފަތުރުވެރިން އައުން ދަށްވެފައިވާ އިރު، ޔޫރަޕްގެ އެންމެ މުހިންމު މާކެޓްތައް ކަމަށްވާ އިނގިރޭސިވިލާތާއި ޖަރުމަނުންވެސް ފަތުރުވެރިން އައި ޢަދަދު ވަނީ ދަށަށްގޮސްފައިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އެހެންނަމަވެސް އިޓަލީން ފަތުރުވެރިން އައި ޢަދަދު 21 އިންސައްތަ އިތުރުވެފައިވާކަމަށްވެސް ތަފާސް ހިސާބުން ދައްކާ އިރު، ފަތުރުވެރިކަމާއިބެހޭ ވުޒާރާގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި ފެބްރުއަރީ މަހު ރާއްޖެ އައިސްފައިވަނީ 121،052 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 0.3 ޕަސެންޓްގެ އިތުރުވުމެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް