އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގުގެ އަހަރީ ޢާންމު ޖަލްސާ މި މަހުގެ 20ވާ ބްރާސްފަތީގައި ބާއްވަނީ..

ދިރާގުގެ އަހަރީ ޢާންމު ޖަލްސާ މި މަހުގެ 20ވާ ބްރާސްފަތީގައި ބާއްވަނީ..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

ދިރާގުގެ އަހަރީ ޢާންމު ޖަލްސާ މިމަހުގެ 20 ވާ ބްރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ.

ނޭޝަނަލް އާޓް ގެލަރީގައި ބާއްވާ މިޖަލްސާގައި ދިރާގުގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ފާސްކުރުމާއި މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާދާރުންނަށް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ޢަދަދު ފާސްކުރުން އޮންނާނެއެވެ.

އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ބެހުމަށް ނިންމާފައިވަނީ 1.1 ބިލިއަން ރުފިޔާއެވެ. މިއީ 2015 އަހަރު ދިރާގުން ހިއްސާދާރުންނަށް ޑިވިޑެންޑުގެ ގޮތުގައި ބެހި ޢަދަދަށް ވުރެ 51 އިންސައްތަ އިތުރު ޢދަދެކެވެ.

އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 8.45 ރުފިޔާ ހިއްސާދާރުންނަށް ބަހަން ނިންމާފައިވާއިރު، މުޅި އަހަރު ދުވަހުގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 14.37 ރުފިޔާ ޑިވިޑެންޑްގެ ގޮތުގައި ލިބޭނެ ކަމަށާއި އެ ކުންފުނީގެ މިކާމިޔާބީގެ އަސްލަކީ ކުންފުނީގެ ކަސްޓަމަރުން ކުންފުންޏަށް ކުރާ އިތުބާރާއި ހިއްސާދާރުންގެ މެދުގައި ކުންފުންޏަށް އޮންނަ ޔަޤީންކަމާއި ކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތް ކަމަށް ދިރާގުން ބުނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް