އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުލަބް މޯލްޑިވްސް ވިމެންސް ފުޓްސަލް ފިއެސްޓާގައި ފެނަކަ އާއި އެމްއޭސީއެލްއަށް ފަސޭހަމޮޅެއް..

ކުލަބް މޯލްޑިވްސް ވިމެންސް ފުޓްސަލް ފިއެސްޓާގައި ފެނަކަ އާއި އެމްއޭސީއެލްއަށް ފަސޭހަމޮޅެއް..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

ކްލަބު މޯލްޑިވްސް ކަޕްގެ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި ޓީމް ފެނަކައިން ތަޢުލީމީ ގުޅުން ތަފާތުބޮޑު ނަތީޖާއަކުން ބަލިކޮށްފިއެވެ.

ކުޅިވަރު އެކުވެނި ވެލިދަނޑުގައި އިއްޔެ ކުޅުނު ގްރޫޕް އޭގެ މި މެޗު ޓީމް ފެނަކައިން ތަޢުލީމީ ގުޅުން ބަލިކުރީ 17 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ފެނަކައިން ކާމިޔާބުކުރި 17 ލަނޑުގެ ތެރެއިން 13 ލަނޑު އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ މިސް ސަސިޗާ ޕޮތިވޮންގ ޖަހައިދިން އިރު، އަނެއް ހަތަރު ލަނޑުގެ ތެރެއިން 2 ލަނޑު ޖަހައިދިނީ މަރިޔަމް ޒައިނާއެވެ. އަދި އަނެއް ދެ ލަނޑު ޖަހައިދިނީ ޢައިޝަތު ސަމާ އާއި މިސް ޖެންޖީރާ ބުޕާއެވެ.

މީގެ އިތުރުން ގްރޫޕް ބީގެ މެޗުގައި އެމްއޭސީއެލް އާއި އުރީދޫ ބައްދަލުކުރި މެޗު އެމްއޭސީއެލް އިން ކާމިޔާބު ކުރީ ފަސޭހަކަމާއެކު 0-7 ލަނޑުންނެވެ.

އެމްއޭސީއެލްއިން ކާމިޔާބުކުރި 7 ލަނޑުވެސް ޖަހައިދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިންނެވެ. އެގޮތުން ސަބްރިތާ ބަންޑާރީ 5 ލަނޑު ޖަހައިދިން އިރު، އަނެއް ދެ ލަނޑު ޖެހީ އަނިތާ ބަސްނެޓްއެވެ.

ވިމެންސް ފުޓްސަލް ފިއެސްޓާގައި މިއަދު ކުޅޭ މެޗުތައް:

21:00- ކްލަބު އިމިގްރޭޝަން – ކްލަބު އާސަންދަ (ގްރޫޕް ސީ)
21:00- ދިވެހި ސިފައިންގެ ކްލަބު – ޓީމް އައިޖީއެމްއެޗް (ގްރޫޕް އޭ)
22:00- ޕޮލިސް ކްލަބު – ފެހި ފަހި ކްލަބު (ގްރޫޕް ބީ)
22:00- އެމްޕީއެލް – އެސްޓީއޯ ރެކްރިއޭޝަން ކްލަބު (ގްރޫޕް ސީ)

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް