އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައިލޯ އިންޓަރ ސްކޫލު ހޭންޑްބޯލް މުބާރާތް މިމަހުގެ 22 ގައި ފަށަނީ

މައިލޯ އިންޓަރ ސްކޫލު ހޭންޑްބޯލް މުބާރާތް މިމަހުގެ 22 ގައި ފަށަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 4 ސިކުންތު

މައިލޯ އިންޓަރ ސްކޫލު ހޭންޑްބޯލް މުބާރާތް މިމަހުގެ 22ގައި ފެށުމަށް ނިންމާފައިވާކަމަށް ހޭންޑްބޯލް މޯލްޑިވްސް އިން ބުނެފިއެވެ.

އެ އެސޯސިއޭޝަނުން ބުނީ ތިން ވަނަ މައިލޯ އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތުގައި މިއަހަރު 14ސްކޫލަކުން 65 ޓީމު ބައިވެރިވެފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ކ. މާފުށި ސުކޫލުން ދެ ޓީމެއް ހިމެނޭ އިރު، މިއީ މިހާތަނަށް އެންމެ ގިނަ ދަރިވަރުންވާދަކުރާ މުބާރާތް ކަމަށްވެސް ބުންޏެވެ.

ހޭންޑްބޯލް އެސޯސިއޭޝަނުން ބުނީ ޖުމްލަ 910 ދަރިވަރުންވާދަކުރާ ކަމަށާއި މިއަހަރު އަލަށް ޣާޒީ ސުކޫލާއި ޖަމާލުއްދީންސުކޫލާއި ހިރިޔާ ސުކޫލް ވާދަކުރާކަމަށެވެ. އަދި މިއަހަރުގެ މުބާރާތުގެ މެޗުތައްކުޅުމަށް ހަމަޖެހިފައިވަނީ މާފަންނުގައި ހުންނަ މޭރީ ބްރައުންގެފަހަތުގައި އޮން ހުސް ބިމުގައި ކަމަށާއި މެޗުތައް އޮންނާނީ ކޮންމެދުވަހެއްގެ ވެސް ދުވާލާއި ރޭގަނޑު ކަމަށެވެ.

ދެ ޖިންސުގެ ކުޅުންތެރިންނާއެކު މުބާރާތުގައި ވާދަކުރާ ޢުމުރުފުރާތަކަކީ 12 އަހަރާއި 14 އަހަރު އަދި 16އަހަރުންދަށުގެ ޢުމުރުފުރާތަކެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ 12އަހަރުން ދަށުގެ ފިރިހެން ބައިގައި 10 ޓީމު، އަންހެންބައިގައި 11 ޓީމު، އަދި 14 އަހަރުން ދަށުގެ ފިރިހެންބައިގައި 12 ޓީމު، އަންހެން ބައިގައި 14 ޓީމް ވާދަކުރެއެވެ. އަދި 16 އަހަރުން ދަށުގެ ފިރިހެން ބައިގައި އަށް ޓީމް ވާދަކުރާއިރު،އަންހެންބައި ގައިވެސް 8 ޓީމް ވާދަކުރެއެވެ.

މިއަހަރުގެ މުބާރާތުގައި ވާދަކުރާ ސްކޫލްތައް:

• ތާޖުއްދީން ސުކޫލް - ތިން ޓީމް
• އިސްކަންދަރު ސުކޫލް – ހަޓީމް
• ޖަމާލުއްދީން ސުކޫލް - ހަޓީމް
• ކަލާފާން ސުކޫލް - ހަޓީމް
• އަރަބިއްޔާ ސުކޫލް - ފަސް ޓީމް
• އަމީނިއްޔާ ސުކޫލް - ފަސް ޓީމް
• މާޖިދިއްޔާ ސުކޫލް - ފަސް ޓީމް
• ގިޔާސުއްދީން - ހަތަރު ޓީމް
• ދަރުމަވަންތަ - ފަސް ޓީމް
• ހިރިޔާ - ފަސް ޓީމް
• ވިލިމާލެ މުހިއްޔުއްދީން - ހަ ޓިމް
• ޣާޒި ތިން ޓީމް
• ރެހެންދި - ހަތަރު ޓީމް
• މާފުށި- ދެ ޓީމް

މިދިޔަ އަހަރު ބޭއްވި މުބާރާތުގައި ޖުމްލަ 36 ޓީމު ވާދަކުރިއިރު، އެ މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެންޕިއަންކަންހޯދީ މަޖީދިއްޔާ ސްކޫލެވެ. އަދި އަންހެން ބައިގެ ޗެންޕިއަންކަން ހޯދީމާފުށި ސްކޫލެވެ.

މީގެ އިތުރުން މިމުބާރާތުގެ 12އަހަރުން ދަށާއި 14 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަންދަރުމަވަންތަ ސްކޫލު، 12 އަހަރުން ދަށުގެ އަންހެންބައިގެ ޗެމްޕިއަންކަން މަޖީދިއްޔާ ސުކޫލު ހޯދިއިރު 14 އަހަރުން ދަށުގެއަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ކަލާފާނު ސުކޫލެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް