އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤާސިމް އާ ވަކީލުންގެ އާދޭހަށް ފަނޑިޔާރުގެ ސަމާލުކަމެއް ނެތް- ވަކީލުން

ޤާސިމް އާ ވަކީލުންގެ އާދޭހަށް ފަނޑިޔާރުގެ ސަމާލުކަމެއް ނެތް- ވަކީލުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ޞިއްޙީ ހާލުކޮޅާއި އަދި އެމަނިކުފާނު ބަންދުގައި ބަހައްޓާ ގޮޅީގެ ހާލަތާއިމެދު ޤާސިމް އިބްރާހީމް އާއި އެމަނިކުފާނުގެ ވަކީލުން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ކުރި "އެއްވެސް އާދޭހަކަށް" މައްސަލަ ބެއްލެވި ފަނޑިޔާރު ސަމާލުކަން ނުދެއްވާ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބުނެފިއެވެ.

ވަކީލާ މާރިޔާ އަހްމަދު ދީދީ ވިދާޅުވީ ޤާސިމް އިބްރާހީމް އަކީ ޞިއްޙީ ގިނަ މައްސަލަތަކެއް ހުރި ބޭފުޅެއް ކަމާއި އެމަނިކުފާނު ބަންދުގައި ބާއްވާ ގޮޅިއަކީ އެމަނިކުފާނުގެ ޞިއްޙީ ހާލަތަށް ނުރައްކާތެރި ތަނެއްކަމަށް ބަޔާންކޮށް ވަކީލުން ވަރަށް ދިގުކޮށް ވާހަކަ ދެއްކެވި ކަމަށެވެ. އަދި ޤާސިމް އިބްރާހީމް އަމިއްލަފުޅަށް ތެދުވެވަޑައިގެން ވެސް ކަންބޮޑުވުން ފައުޅު ކުރެއްވެވި ކަމަށެވެ.

މިއަދު މުއްދަތު ޖެއްސެވި ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ޢަބްދުލްބާރީއަކީ ޤާނޫނާއި ޚިލާފަށް އެމަނިކުފާނު ހައްޔަރުކުރުމަށް ކޯޓު އަމުރު ދެއްވި ޤާޟީ އެވެ. އަދި އެމަނިކުފާނު ހައްޔަރުކުރުމަށް ކޯޓު އަމަރު މިފަހަރު ވެސް ދެއްވީ ޤާޟީ ޢަބްދުލްބާރީކަން ވަކީލުން ވާނީ ފާހަގަކުރައްވައިފައެވެ.

މާރިޔާ ވިދާޅުވީ ކޯޓު އަމުރު ދެއްވި ޤާޞީ ނޫން އެހެން ފަނޑިޔާރަކު މައްސަލަ ބައްލަވައިދެއްވުމަށް ވަކީލުން އެދުނު ކަމަށާއި ނަމަވެސް ޤާޟީ ޢަބްދުލްބާރީ ނިންމެވީ އަމިއްލަފުޅަށް މައްސަލަ ބައްލަވަން ކަމަށެވެ.

މާރިޔާ ވިދާޅުވީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ފުލުހުން އެދުނީ 15 ދުވަސް މުދަތި ޖަހައިދިނުމަށް ކަމަށާއި ޕީޖީގެ ވަކީލުވެސް އެކަމަށް ތާއީދުކުރެއްވި ކަމަށެވެ. މާރިޔާ ވަނީ ބަލަމުން ގެންދާ މައްސަލައަކާއި ގުޅިގެން ހަމަ ފުލުހުން އެދޭހައި ގޮތަކަށް މުއްދަތުޖަހައިދީފައިވާތީ އެކަމާއިމެދުވެސް ސުވާލު އުފައްދަވައިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް