އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤައުމީ ތަރައްޤީގެ އެންމެ ބޮޑު ޙިއްޞާދާރަކީ ދިވެހި ސިފައިން: ޑިފެންސް މިނިސްޓަރ

ޤައުމީ ތަރައްޤީގެ އެންމެ ބޮޑު ޙިއްޞާދާރަކީ ދިވެހި ސިފައިން: ޑިފެންސް މިނިސްޓަރ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

ޤައުމީ ތަރައްޤީގެ އެންމެ ބޮޑު ހިއްޞާދާރަކީ ސިފައިން ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިމޭރުމުން ވިދާޅުވީ ދިވެހި ސިފައިންގެ ޚިދުމަތަށް 125 އަހަރު ފުރުން ފާހަގަކުރަން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ދިވެހި ސިފައިންގެ ޚިދުމަތަށް އެކި ގޮތްގޮތުން އެހީތެރިވެދެމުން ގެންދާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް މިރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތުގައެވެ.

އާދަމް ޝަރީފް ވިދާޅުވީ މިފަދަ މުނާސަބަތެއް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދިވެހި ޤައުމުގެ ކުރިއަރުމާއި ތަރައްޤީއަށް ދިވެހި ސިފައިން ކުރަމުން ގެންދާ ޚިދުމަތްތަކުގެ އަގު ވަޒަންކުރުން ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ދިވެހި ޤައުމާއި ރައްޔިތުންގެ ހިމާޔަތުގައި ދިވެހި ސިފައިންނަކީ އެންމެ ވަރުގަދަ އައްޑަނަ ކަމަށެވެ. އަދި ދިވެހި ސިފައިންނަކީ ޤައުމަށާއި ރައްޔިތުންނަށް އެންމެ މުހިންމު ޚިދުމަތްކުރާ ޚިދުމަތްތެރިން ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ފާއިތުވި އަހަރަކީ ދިވެހި ސިފައިން ވަރަށް ގިނަ ޚިދުމަތްތަކެއް ކުރި ކާމިޔާބު އަހަރެއް ކަމަށެވެ. އެގޮތުން ކަނޑުވި 18 މީހުން ސަލާމަތްކޮށްފައިވާ ކަމާއި ހާލުގައި ޖެހުނު 769 މީހުން ސަލާމަތްކޮށްފައިވާ ކަމާއި އަލިފާނުގެ ހާދިސަތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވުނުކަން ފާހަގަކުރައްވާ ކަމަށެވެ. ހަމައެއާއިއެކު ގެއްލުނު ލަންކާގެ މަސްވެރިން ހޯދުމުން ޤައުމަށް ރީތިނަން ލިބިފައިވާކަންވެސް އާދަމް ޝަރީފް ވަނީ ފާހަގަކުރައްވައިފައެވެ.

އާދަމް ޝަރީފް ވިދާޅުވީ މިދިއަ އަހަރަކީ ސިފައިންގެ ކުރިއެރުމަށް ގިނަމަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަމަށެވެ. އެގޮތުން ޑިފެންސް ކޮލެޖުން 47 ޕްރޮގްރާމެއް ހިންގައި 973 ފަރާތެއް ތަމްރީނުކުރެވުނު ކަމަށެވެ. އެތައް ސަތޭކަ ސިފައިންނަށް ރާއްޖެއިން ބޭރުން ތަމްރީނު ހޯދައި ދެވުނު ކަަމަށާއި ގިނަ އަދެއްގެ ސިފައިންނަށް ސްކޯލާޝިޕް ފުރުޞަތުތައްވެސް ހޯދައިދެވިފައިވާ ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ މިދިއަ އަހަރު 733 ސިފައިންނަށް މަޤާމުގެ ކުރިއެރުން ދެވުނު ކަމަށާއި 950 ސިފައިންނަށް ޝަރަފާއި އިއްޒަތުގެ ކުލަ ދެވުނު ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ސިފައިންގެ ޚިދުމަތަށް އެކި ގޮތްގޮތުން އެހީތެރިވެދީފައިވާ ފަރާތްތަކަށް ޝަރަފުގެ އައްޑަނަ ވަނީ ހަވާލުކޮށްފައެވެ. އެގޮތުން ގިނަ އަދަދެއްގެ ސިފައިންނަށާއި އުރީދޫ، ދިރާގް، އޮންދިގޯ ޕްރައިވެޓް ލިމިޓެޑް، އަމިން ކޮންސްޓްރަކްޝަން ފަދަ ކުންފުނިތަކަށް ވަނީ ޝަރަފުގެ އައްޑަނަ ދީފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް