އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޑިއާ އާއި ރާއްޖޭގެ އަންހެނުންގެ މެދުގައި ގުޅުން އުފައްދަން ޚާއްޞަ ހަރަކާތެއް ފަށަނީ

އިންޑިއާ އާއި ރާއްޖޭގެ އަންހެނުންގެ މެދުގައި ގުޅުން އުފައްދަން ޚާއްޞަ ހަރަކާތެއް ފަށަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު


އިންޑިއާގެ އަންހެނުންނާއި ދިވެހި އަންހެނުންނާއި ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމަށްޓަކައި ޚާއްޞަ ހަރަކާތްތަކަެއް ފަށްޓަވަން ޤަޞްދުކުރައްވާ ކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރ އަކިލޭޝް މިޝްރާގެ އަނބިކަނބަލުން ރީތީ މިޝްރާ ވިދާޅުވެއްޖެއެވެ.

ރީތި މިޝްރާ މިކަން ހާމަކުރެއްވީ ރާއްޖޭގައި ހުންނަ އިންޑިއާގެ ޘަޤާފީ މަރުކަޒުގައި މިއަދު ހެނދުނު ކުރިއަށް ގެންދިއަ ދެ ޤައުމުގެ ހެދުން ދައްކައިލުމުގެ ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައެވެ.

ރީތީ ވިދާޅުވީ ދެޤައުމުގެ މެދުގައި މިހާރުވެސް ވަރަށް ގާތް ގުޅުންތަކެއް އެބައޮތްކަމަށާއި އެހެންކަމުން އަންހެނުންގެ މެދުގައި ގުޅުން ބަދަހިކޮށް ތަފާތު ހަރަކާތްތައް ހިންގުން އިތުރުކކުރުން ވަަރަށް މުހިންމު ކަމަށެވެ. އަދި އެހަރަކާތްތަކުގައި ބައިވެރިވާން ބޭނުން އަންހެނުންނަށް ނަން ނޯޓުކުރުމުގެ ފުރުޞަތު ޘަޤާފީ މަރުކަޒުގައި މިހާރުވެސް އެބައޮތް ކަމަށެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެދަށުންނާއި އަމިއްލަ ޚަރަދުގައި އިންޑިއާއިން ކިޔަވައިގެން ތިބި ގިނަ އަދަދެއްގެ އަންހެނުންނާއި އަދި ތަފާތު ބޭނުންތަކަށް އެތައް އަހަރެއްވަންދެން އިންޑިއާގައި ދިރިއުޅެފައިވާ ގިނަ އަދަދެއްގެ ދިވެހި އަންހެނުން ރާއްޖޭގައި އެބަތިއްބެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ އަންހެނުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުން ހިމެނޭއިރު މިފަދަ ގުޅުމެއްގެ ތެރެއިން އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނެއް މިހާރުވެސް އޮވެއެވެ.

ނަމަވެސް އެ އެސޯޒިއޭނަނުގެ ހަރަކާތްތަކަށް މިހާރު ވަނީ ބަދަލުތަކެއް އައިސްފައެވެ. ކުރިއާއި އެއްގޮތަށް ހަރަކާތްތެރިވަމުން އަންނަތަނެއް ނުފެނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް