އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަބްރާމް އަކީ ދޮށީ ދަރިފުޅުގެ ދަރިއެކޭ ކިޔާތީ ޝާހްރުކް ޚާން ރަތަށް..

އަބްރާމް އަކީ ދޮށީ ދަރިފުޅުގެ ދަރިއެކޭ ކިޔާތީ ޝާހްރުކް ޚާން ރަތަށް..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 16 ސިކުންތު

ބޮލީވުޑް ގެ އެންމެ މަޤްބޫލް އެއް ތަރިއަކީ ޝާޙްރުކް ޚާން ކަމާއިމެދު އެއްވެސް މީހަކު ދެބަހެއް ނުވާނެއެވެ.

އޭނާގެ ހުރިހާ ފިލްމެއްގައިވެސް ކުޅަދާނަ ހުނަރުވެރި މޮޅު އެކްޓެއް ދައްކުވާދީފައިވާ ޝާޙްރުކް އަކީ އަބަދުވެސް މަޖާ މިޒާޖެއް ގެންގުޅޭ މީހުންނާއި އެހާ ގުޅޭ މީހެކެވެ. ޚާއްސަކޮށް މީޑިއާ އާއިއެކު އަބަދުވެސް ހީސަމާސާކޯށް ހަދާކަމީ ގިނަ ބަޔަކު ފާހަގަ ކުރާ ކަމެކެވެ.

ނަމަވެސް ދާދި ފަހުން ޝާހްރުކް ޚާން މިވަނީ މީޑިއާ ދެކެ ވަރަށް ބޮޑަށް ރުޅިއައިސް، މީޑިއާއިން ފަތުރަމުން ދިޔަ ވާހަކަތަކަށް ވަރުގަދަ ރައްދެއް ދީފައެވެ.

އިންޑިއާ ގެ ބައެއް މީޑިއާ ރިޕޯޓުތަކުން ދާދި ފަހުން ބުނެފައިވަނީ ޝާޙްރުކް ޚާން އާއި ގޯރީ ޚާންގެ އެންމެ ހަގު ދަރިފުޅު އަބްރާމް ޚާން އަކީ، އެދެމަފިރިންގެ ދޮށީ ދަރިފުޅު އާރްޔަން ޚާން ގެ ދަރިއެއް ކަމަށެވެ.

އެރިޕޯޓުތަކުން ބުނެފައިވަނީ އާރްޔަން މީގެ ހަތަރު އަހަރު ކުރިން (އޭނާގެ އުމުރުން 15 އަހަރުގައި) ރޯމޭނިއާ އަސް ގޮސް، އެތަނުގެ އަންހެނަކާއި އެކު ލޯބީގެ ގޮތުން ގުޅުން ކަމަށާއި، އަބްރާމް އަކީ އާރްޔަން އާއި އެއަންހެން މީހާގެ ދަރިއެއް ކަމަށެވެ. ރޯމޭނިއާ އަށް ގޮސް އާރްޔަން ކާރު ދުއްވަނިކޮށް ކަމަށް ބުނެ، ނަގާފައި އިން ވީޑިއޯ އެއްވެސް މީޑިއާ އިން ވަނީ އާއްމުކޮށްފައެވެ.

ޝާހްރުކް ޚާން އާއި ގޯރީ އަށް ކުއްލިއަކަށް ތިން ވަނަ ދަރިއެއް ލިބުމުން ގިނަ ބަޔަކު އެކަމާއި ވަރަށް ހައިރާންވެ ސުވާލު އުފެއްދިއެވެ.

ވެންކޫވާ ގައި ދާދި ފަހުން ބޭއްވި ޓީއީޑީ 2017 ގެ ޚަފްލާގައި ވާހަކަ ދައްކަމުން ޝާޙްރުކް ޚާން ވަނީ މީޑިއާ އިން ފެތުރި އެރިޕޯޓު ތަކަށް ރައްދު ދީފައެވެ.

ޝާޙްރުކް ޚާން ބުނީ އަބްރާމް އަކީ އެދެމަފިރިންގެ ދޮށީ ދަރިފުޅު އާރްޔަން ގެ ދަރިއެއް ނޫން ކަމަށާއި އެފަދަ ވާހަކައެއް ފެތުރުން މުޅި އާއިލާ ނުތަނަވަސް ވެފައިވާ ކަމަށެވެ. ލީކުކޮށްފައިވާ ވީޑިއޯ އާއި ބެހޭ ގޮތުން ބުނީ އެއީ ވެސް ޙަޤީޤަތެއް ނެތް ވީޑިއޯ އެއް ކަމަށާއި، އާރްޔަން ގާތު މީހުން އެކަމާއި ސުވާލު ކުރުމުން، އޭނާ އަތުގައި ޔޫރަޕުގެ ޑްރައިވިންގ ލައިސެންސެއް ނޯންނާނެ ކަމަށް ޚުދް އާރްޔަން ވެސް ބުނެފައިވާ ކަމަށެވެ.

ޝާހްރުކް ޚާން އާއި ގޯރީ، އަބްރާމް ހޯދީ ސަރޮގޭޓް މަންމަ އެއްގެ ވަރީޢާއިންނެވެ. އެއީ އެދެމަފިރިން ވެސް ތިންވަނަ ދަރިއެއް ހޯދަން ބޭނުން ވެގެން ކަމަށާއި، ނަމަވެސް ގޯރީގެ ބަލިހާލަތު ހުރި ގޮތުން ދަރިފުޅުގެ ސިއްޙަތަށް ރަނގަޅަކަށްޓަކައި ނިންމި ނިންމުމެއް ކަމުގައިވެސް ޝާހްރުކް ޚާން ވަނީ ބުނެފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ