އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔޫރޮޕާ ލީގު ތަށްޓާއެކު ޔުނައިޓެޑް ޗެމްޕިއަންސް ލީގަށް.

ޔޫރޮޕާ ލީގު ތަށްޓާއެކު ޔުނައިޓެޑް ޗެމްޕިއަންސް ލީގަށް.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު


ނެދަލޭންޑްސްގެ ޒުވާން ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލެވޭ އަޔެކްސް ބަލިކުރުމަށްފަހު، ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން އިނގިރޭސި ކުލަބު މެންޗެސްޓަރ ޔުނައިޓެޑުން ހޯދައިފިއެވެ.
ޔުނައިޓެޑު ރޭގެ މެޗުން އަޔެކްސްގެ މައްޗަށް ކުރިހޯދާފައިވަނީ 0-2 ގެ ނަތީޖާއަކުންނެވެ.

ސްވިޑެންގެ ވެރިރަށް ސްޓޮކްހޯމްގައި ރޭ ކުޅުނު ފައިނަލް މެޗުގައި ޔުނައިޓެޑްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު މެޗުގެ 18 ވަނަ މިނެޓްގައި އެޓީމުން ވަނީ މެޗުގެ ފުރަތަމަ ގޯލް ޖަހާ ލީޑު ނަގާފައެވެ.

މި ގޯލު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ދުނިޔޭގެ ރެކޯޑު އަގަކަށް މިދިޔަ ހޫނު މޫސުމުގައި އެޓީމާ ގުޅުނު ޕޯލް ޕޮގްބާއެވެ.

އަޔެކްސްއަށް މި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކޭގޮތް ނުވިއިރު އެޓީމަށް ވަނީ ޔުނައިޓެޑަށް ގޯލަށް ނުރައްކާތެރި ހަމަލާއެއްވެސް ފޮނުވާލެވޭގޮތް ނުވެފައެވެ.

އެއް ގޯލުގެ ލީޑަކާއެކީ ފުރަތަމަ ހާފް ޔުނައިޓެޑުން ނިންމާލިއިރު ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ޔުނައިޓެޑުން ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މި ގޯލު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ހެންރިކް މިކިތާރިޔަންއެވެ.

މި ގޯލަށްފަހު ވެސް ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ޔުނައިޓެޑަށް ލިބިގެން ގޮސްފައިވެއެވެ. އެހެން ނަމަވެސް މި ހަމަލާތަށް އެޓީމަށް ވަނީ ކާމިޔާބުކުރެވޭގޮތް ނުވެފައެވެ.
އިނިގިރޭސި ވިލާތުގެ އެންމެ ކާމިޔާބު އެއް ޓީމުގެ ގޮތުގައި ފާހަގަކުރެވިފައި ވާ ޔުނައިޓެޑުން އަޔެކްސް ބަލިކޮށް ޔޫރޮޕާ ލީގުގެ ތަށި އުފުލާލިއިރު މިއީ އެޓީމުން ޔޫރޮޕާ ލީގު ނެގި ފުރަތަމަ ފަހަރެވެ.

މި މުބާރާތް ކާމިޔާބުކުރުމުން ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ވަނީ ޔޫރަޕްގެ އެންމެ ބޮޑު ހަތަރު މުބާރާތް ކާމިޔާބުކުރި ކޯޗުންގެ ލިސްޓުގައި ހިމެނިފައެވެ. އޭނާ ވަނީ ޗެމްޕިއަންސް ލީގު ،ޔޫއެފާ ކަޕް އަދި ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

ޔޫރޮޕާ ލީގު ކާމިޔާބުކުރުމުން ޔުނައިޓެޑް މިހާރު ވަނީ އޮޓެމެޓިކުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ވެސް ކޮލިފައިވެފައިވެއެވެ.
އަދި މިއީ މި ސީޒަނުގައި ޔުނައިޓެޑުން ކާމިޔާބުކުރި ދެވަނަ ތަށްޓެވެ. މި ސީޒަނުގައި އެޓީމު ދެން ކާމިޔާބުކުރީ އިނގިރޭސި ލީގު ކަޕެވެ

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން