އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސޮރީ މަންމާ! މަންމަ އާއި ބައްޕައަށް 2 މިސްކިތް އަޅާފަ ނޫނީ އަމިއްލަ އުފަލަށް އެއްވެސް ކަމެއް ނުކުރާނަން!

ސޮރީ މަންމާ! މަންމަ އާއި ބައްޕައަށް 2 މިސްކިތް އަޅާފަ ނޫނީ އަމިއްލަ އުފަލަށް އެއްވެސް ކަމެއް ނުކުރާނަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

ލޯބިވާ މަންމާއެވެ. މިހައިތަނަށް މަންމަ އާއިމެދު އަޅުގަނޑަށް ޤަބޫލުކުރެވުނީ ރަނގަޅަށް ނޫންކަން "މަންމަ" ދަރުސުން އެނގިއްޖެއެވެ. ސޮރީ މަންމާ!

މަންމަ ދުނިޔެ ދޫކުރެއްވީ އަޅުގަނޑުގެ އުމުރުން އެންމެ 5 އަހަރުގައެވެ. އެހެންކަމާއެކު އަޅުގނޑު މިހައިތަނަށް ހީކޮށްގެން މިހެންނަނީ މަންމަ އާއިމެދު އަޅުގަނޑުގެ މައްޗަށް މާ ބޮޑެތި ޒިންމާތަކެއް ނުއޮންނާނެ ކަމަށް ކަމަށެވެ.

ލޯބިވާ މަންމާއެވެ! މިއަދު އަޅުގަނޑު މިވަނީ އުމުރުން 60 އަހަރު ވެފައެވެ. އަޅުގަނޑު އަބަދުވެސް މަންމައަށް ހެޔޮ ދުޢާކުރަމެވެ. މަންމަ އާއި ބައްޕަ ބައިވެރިނުކޮށް އެންމެ ދުޢާއެއްވެސް ނުކުރަމެވެ.

އެހެން ނަމަވެސް އެއީ ފުދުނީ ނޫންކަން މިއަދު އަޅުގަނޑަށް ވިސްނިއްޖެއެވެ. އަދި އިތުރު ކަންތައްތަކެއްވެސް ކުރަންޖެހޭކަން ޤަބޫލުކުރެވިއްޖެއެވެ.

މަންމާއެވެ. މަންމަ ދިރިއުޅުއްވި ޖިފްޓި ހުރިތަނުގަ އަޅުގަނޑު އެހެރި 10 ބުރީގެ އިމަރާތެއް އަޅައިފައެވެ. މިމަހުން ފެށިގެން ގޭގެ ދެބުރިން ލިބޭ ފައިސާ ހޭދަކުރާނީ މަންމަ އަށާއި ބައްޕައަށެވެ. މާތްﷲ ވާގިފުޅާއިއެކު މަންމަ އަށާއިި ބައްޕައަށް 2 މިސްކިތްވެސް އަޅައިދޭނަމެވެ. އަޅުގަނޑުގެ އަމިއްލަ އުފަލަށް އެއްވެސް ކަމެއް ދެން ކުރާނީ އެކަން ފުރިހަމަކޮށްފައެވެ.

މަންމަ އާއި ބައްޕައަކީ އަޅުގަނޑުގެ ތަނަވަސްކަމުގެ ފުރިހަމަ ހިއްޞާދާރުންކަން މިއަދު ޤަބޫލުކުރެވިއްޖެއެވެ. އަޅުގަނޑު ދުނިޔެއަށް އުފަންވީ ތިއަ މަންމަ އާއި ބައްޕަގެ ސަބަބުންނެވެ. އަޅުގަނޑު އެހައި ކުޑައިރު މަންމަ އާއި ބައްޕަ މާތް ގެންދެވީ ސަބަބުތަކަކަށްޓަކައެވެ.

ބޮޑުބޭބެގެ އެހީތެރިކަމުގައި ކިޔަވައި ވަޒީފާއަދާކުރަންފެށުމަށްފަހު ވިޔަފާރއެއް ފަށަން އަޅުގަނޑު މޯގޭޖްކުރީ މަންމަގެ ގޯއްޗެވެ. އެހެންކަމުން އަޅުގަނޑުގެ ވިޔަފާރީގެ އެންމެ ހިއްޞާދާރަކީވެސް ހަމަ ތިއަ މަންމަކަން ވިސްނިއްޖެއެވެ. މާތްﷲ ވާގިފުޅާއިއެކު މަންމައަށްޓަކައި ގިނަ ކަންތައްތަކެއް އަޅުގަނޑުކުރާނަމެވެ.

ލޯބިވާ މަންމާއެވެ! މަންމަ އާއި ބައްޕައަށްޓަކައި ހޭދަކުރުމުގެ މުހިންމުކަން އަޅުގަނޑަށް ވިސްނުނީ ހަމަ "މަންމަ" ދަރުސުންނެވެ. އުމުރުގައި ދުވަހެއް އޮއްވައި ވިސްނުނުކަމަށްޓަކައި މާތްﷲއަށް ޝުކުރުކޮށް ހަމްދުކުރަމެވެ.

(މިއީ "މަންމަ" ދަރުސް އަޑުއެހި މިއަދުނޫހުގެ ކިޔުންތެރިއަކު ދިން މައުލޫމާތަށް ލިޔެފައިވާ ލިޔުމެކެވެ.)

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް