އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަގަށް ނަގާފައިވާ ފޯނުތަކެއް ހޯދައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ވަގަށް ނަގާފައިވާ ފޯނުތަކެއް ހޯދައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

ވަގަށް ނަގާފައިވާ ދެ ފޯނެއް ހޯދައި ތުހުމަތުކުރެވޭ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 41 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގަލޮޅު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ޕެޓްރޯލްކުރަމުންދަނިކޮށް އެދެމީހުން ސައިކަލެއްގައި ދަނިކޮށް އެމީހުންގެ ޢަމަލުތައް ހުރި ގޮތުން ތުހުމަތުކުރެވިގެންނެވެ.

އެމީހުންގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ފުލުހުން މަޑުކުރަން އެންގުމުން އެމީހުން ވަނީ މަޑުނުކޮށް ގޮސްފައެވެ. އަދި ފުލުހުންވަނީ އެމީހުންގެ ފަހަތުން ގަލޮޅު މަދަރުސާ ކައިރިން އެމީހުން ހުއްޓުވާފައެވެ.

އެމީހުން ހުއްޓުވައި ބަލައިފާސްކުރަން އުޅުމުން ސައިކަލުގެ ފަހަތުގައި އިން 32 އަހަރުގެ މީހާ އެއްޗެއް ފޮރުވަން އުޅުމުން ބެލިއިރު އޭނާގެ އަތުން ދެ ފޯނެއް ފެނިފައިވެއެވެ. އަދި އެމީހުން ދުއްވި ސައިކަލުގެ ވަށިގަނޑުން ފޯނެއް ފެނިފައިވެއެވެ.

މިމައްސަލަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު