އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤައުމީ ފިރިހެން ފުޓްބޯޅަ ޓީމު އެކުލަވާލައިފި.. ފަރިތަކުރުންތައް މާދަމާރޭ ފަށަނީ..

ޤައުމީ ފިރިހެން ފުޓްބޯޅަ ޓީމު އެކުލަވާލައިފި.. ފަރިތަކުރުންތައް މާދަމާރޭ ފަށަނީ..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު



ދިވެހި ޤައުމީ ފިރިހެން ފުޓްބޯޅަ ޓީމު އެކުލަވާލައި، ފަރިތަކުރުންތައް މާދަމާރޭ ފެށުމަށް ނިންމައިފިއެވެ.

ފަރިތަކުރުންތައް މިފަށަނީ އޭޝިއަންކަޕް ކޮލިފައިންގައި ބޫޓާނާއި ދެކޮޅަށް ކުޅޭ މެޗާއި އަފްޣާނިސްތާނާ ދެކޮޅަށްކުޅޭ އެކުވެރިކަމުގެ ދެމެޗަށް ތައްޔާރުވުމަށެވެ.
ބޫޓާނާ ދެކޮޅަށް ކުޅޭ މެޗު ތާވަލުކޮށްފައިވަނީއަންނަ މަހުގެ 13 ވަނަ ދުވަހު ބޫޓާންގެ ތިމްޕޫގައެވެ. އަދި އަފްޣާނިސްތާނާއިދެކޮޅަށް ކުޅޭ މެޗު ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 6ވަނަ ދުވަހު ދުބާއީގައެވެ.

ދިވެހި ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމް އިން ބުނީ ޤައުމީ ޓީމުގެ ފަރިތަކުންތައް އޮންނާނީ މާދަމާރޭ 21:00ގައި ޤައުމީ ފުޓްބޯޅަ ދަނޑުގައި ކަމަށެވެ.

ދުބާއީއަށް ޓީމު ފުރުމުގެ ކުރިންމިވަގުތު ސްކޮޑުގައި ތިބި 27 ކުޅުންތެރިންގެ ތެރެއިން 4ކުޅުންތެރިއަކު ސްކޮޑުން މަދުވާނެ ކަމަށާއި ޤައުމީ ޓީމް ދުބާއީއަށް ދިއުމަށްހަމަޖެހިފައިވަނީ އަންނަ މަހުގެ 4 ވަނަ ދުވަހު ކަމަށެވެ. އަދި 6 ވަނަދުވަހު ދުބާއީގައި ކުޅޭ މެޗަށް ފަހު މާލެ އައުމުގެ ބަދަލުގައި ދެން ޓީމު ދާނީ ބޫޓާނަށްކަމަށެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ މާރޗްމަހުގެ 28 ވަނަ ދުވަހު ވަނީ ފަލަސްތީން އަތުން މާލޭގައި 3-0 ލަނޑުންބަލިވެފައެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ގްރޫޕް ޑީ ގައި ރާއްޖެ ލައްވާލި އިރު، މިގްރޫޕްގައި ރާއްޖެ ދެން ކުޅެން ޖެހޭ މެޗުތަކަކީ

ބޫޓާން - ރާއްޖެ (13 ޖޫން 2017 ތިމްޕޫ)
އޮމާން - ރާއްޖެ (5 ސެޕްޓެމްބަރު 2017، މަސްކަޓް)
ރާއްޖެ - އޮމާން (10 އޮކްޓޫބަރު 2017، މާލެ)
ފަލަސްތީން - ރާއްޖެ (14 ނޮވެމްބަރު 2017، އަލް-ރާމް)
ރާއްޖެ - ބޫޓާން (27 މާޗް 2018، މާލެ)

މިމުބާރާތުގެ ކޮލިފައިން ބުރުގައި 24 ޤައުމު ވާދަކުރާއިރު، މި 24 ޓީމު ވަނީ 6 ގްރޫޕަކަށް ބަހާލާފައެވެ.
އެގޮތުން ކޮންމެގުރޫޕަކުން އެންމެ މޮޅު ދެ ޓީމު 2019 ވަނަ އަހަރު އެކުވެރި އަރަބިއިމާރާތުގައި ބާއްވާ އޭއެފްސީ އޭޝިއަން ކަޕަށްކޮލިފައިވާނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް