އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަރނާޑޯ ސިލްވާރ 43 މިލިއަން ޕައުންޑަށް މެންޗެސްޓަރ ސިޓީއަށް ބަދަލުވެއްޖެ

ބަރނާޑޯ ސިލްވާރ 43 މިލިއަން ޕައުންޑަށް މެންޗެސްޓަރ ސިޓީއަށް ބަދަލުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

ފްރާންސްގެ މޮނާކޯއަށް ކުޅެމުން އައި ޕޯޗުގަލް ޒުވާން މިޑްފީލްޑަރ ބަރނާޑޯ ސިލްވާރ 43 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްގެ ދަށުން މެންޗެސްޓަރ ސިޓީއަށް ސޮއިކޮށްފިއެވެ.

ޢުމުރުން 22 އަހަރުގެ ސިލްވާރ ސިޓީއަށް ބަދަލުވެފައިވާއިރު އޭނާ ސިޓީއަށް ކުޅެން ފަށާނީ އަންނަ ޖުލައި މަހުގެ 1ގައި ކަމަށް ސިޓީ އިން ބުނެފައިވެއެވެ.

ސިޓީއަށް ސޮއިކުރުމަށްފަހު މީޑިއާ އާއި ވާހަކަދައްކަމުން ސިލްވާރ ބުނީ އޭނާ މިހާރު މިހުރީ ދުނިޔޭގެ އެންމެ ވަރުގަދަ އެއްކުލަބުގައި ކަމަށެވެ. އަދި ސިޓީއަށް ކުޅެން ފުރުޞަތު ލިބުމުން ވަރަށް އުފާވާކަމަށެވެ.

ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާއާއެކު މަސައްކަތްކުރުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށާއި ގާޑިއޯލާގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރަން ފުރުޞަތު ލިބުމުން، އެކަން ޤަބޫލްކުރީ ކަމަށްވެސް އޭނާ ބުންޏެވެ.

ސިލްވާރ އަކީ މޮނާކޯއަށް މުހިންމު ގިނަ މެޗުތަކެއްގައި ގޯލް ޖަހާ ކާމިޔާބީތަކެއް ޙާޞިލް ކޮށްދީފައިވާ ކުޅުންތެރިއެކެވެ.

އެގޮތުން މި ސީޒަންގައި ސިލްވާރ ވަނީ މޮނާކޯއަށް 58 މެޗު ކުޅެދީ، 11 ގޯލް ޖަހައިދީ 12 އެސިސްޓް ފޯރުކޮށްދީފައެވެ.

މި ސީޒަންގެ ފްރެންޗް ލީގްގެ ސެމީ ފައިނަލަށް މޮނާކޯ ގެންދިޔުމުގައި ސިލްވާރ ވަނީ އިސްދައުރެއް އަދާކޮށްފައެވެ.

ސިޓީ މި ސީޒަން ނިންމާލީ ޕްރެމިއަރ ލީގްގެ ތާވަލްގެ ތިން ވަނައިގައެވެ. އަންނަ އަހަރުގެ ޗެމްޕިއަންސް ލީގަށް ސިޓީއިން ނަގާ ސްކޮޑްގައި ސިލްވާރ ހިމަނާނޭ ކަމަށް ބެލެވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން