އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން ކްރިކެޓް ކާނިވަލް ފަށައިފި

ރަމަޟާން ކްރިކެޓް ކާނިވަލް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ކޮންމެ އަހަރެއްގެ ރަމަޟާން މަހު ބާއްވަމުން އަންނަ ކްރިކެޓް ކާނިވަލްގެ ކުޅުން ފަށައިފިއެވެ.

މުބާރާތުގެ ފުރަތަމަ ދުވަހު ދެމެޗު ކުޅެފައިވާ އިރު، މި ދެމެޗު ކާމިޔާބުކުރީ މޯޑަސް އޮޕަރަންޑީ އާއި ޝުގަރްކޯންއެވެ.

މޯޑަސް އޮޕެރަންޑީ އާއި އެޗްޑީސީ ބައދަލުކުރި މެޗުގައި ޓޮސް ދިމާވެގެން އެޗްޑީސީ ކުޅެން އަރާ 3 ކުޅުންތެރިން ނުބައިވެގެން 78 ލަނޑު ވަނީ ހަދާފައެވެ. މޯޑިސް އޮޕަރެންޑީ ކުޅެން އަރާ 79 ލަނޑު ހަދައިގެން މެޗު ކާމިޔާބު ކުރީ 6 ވިކެޓުންނެވެ.

ދެވަނަ މެޗުގައި ބައްދަލުކުރީ ޝުގަރްކޯން އާއި ރިވަރސް ބާބާއެވެ. ޓޮސް ދިމާވެގެން ރިވަރސް ބާބާ ކުޅެންއަރާ އެޓީމު ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދީ 48 ލަނޑެވެ. ޖަވާބުގައި ޝުގަރްކޯން އިންވަނީ އެންމެ ކުޅުންތެރިޔަކު ނުބައިވެގެން 53 ލަނޑު ހަދާ، ހަތް ވިކެޓުން މެޗު ކާމިޔާބުކުރިއެވެ.

ކުޅިވަރު އެކުވެނީގެ އެއްނަމްބަރު ދަނޑުގައި ކުޅޭ މި މުބާރާތުގައި މިއަދު ހަވީރު 16:05 ގައި ފުރަތަމަ ބައްދަލުކުރާނީ ކޭޑީއެމް އާއި އެމްއާރްޑީސީ އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ވަންއޯވަން އާއި މެރީކޯނާ އެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް