އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަންމަގެ ފަރުވާއަށް އަތްމަތި ހުސްކޮށްލައި ފުރައިގެން ދިއަ ދިވެއްސަކަށް ގިނަ ފައިސާތަކެއް!

މަންމަގެ ފަރުވާއަށް އަތްމަތި ހުސްކޮށްލައި ފުރައިގެން ދިއަ ދިވެއްސަކަށް ގިނަ ފައިސާތަކެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު


މަންމަ ބަލިވެ ފަރުވާއަށް ބޭނުންވުމުން އަތުގައި ހުރި ހުރިހާ ފައިސާއެއް ހޭދަކޮށް މަންމަ ގޮވައިގެން ފަރުވާއަށް ރާއްޖެއިން ބޭރަށް ގޮސް ހުރި ދިވެއްސަކަށް ގިނަ އަދަދެއްގެ ފައިސާތަކެއް ލިބިފައިވާ ކަމަށް އައްޝައިޚް ނިމާލް މުހައްމަދު ބިން ރަޝީދު ވިދާޅުވެއްޖެއެވެ.

ޝައިޚް ނިމާލް ވިދާޅުވީ އޭނާއަކީ ވަޒީފާއެއް އަދާކޮށްގެން ލިބޭ އާމްދަނީން ދިރިއުޅެމުން އައި މީހެއް ކަމަށެވެ. މަންމަ ބަލިވުމުން މަންމަ ގޮވައިގެން ފުރީ އެނބުރި އައިސް ޢާއިލާއަށް ކުރަންޖެހޭނެ ޚަރަދަށް އެއްވެސް ފައިސާއެއް އަތުގައި ނުބަހައްޓައި އަތުގައި ހުރި ހުރިހާ ފައިސާއެއް ހިފައިގެން ކަމަށެވެ. އަންނަ މަހު ގޭގެ ކުލި ދައްކާނެ ފައިސާ ވެސް އަތުގައި ނުބަހައްޓައި ކަމަށެވެ.

ޝައިޚް ނިމާލް ވިދާޅުވީ ހުރިިހާ ކަމެއް މާތް ﷲ އަށް ވަކީލުކޮށް މަންމަ ގޮވައިގެން ފަރުވާއަށް ގޮސް ހުއްޓައި އޭނާއަށް ލިބުނީ ވަރަށް އުފާވެރި މެސެޖެއް ކަމަށެވެ. އެއީ އެއިގެ އަހަރުތަކެއް ކުރިން އޭނާ ކުންފުންޏަކަށް ކޮށްދިން މަސައްކަތަކަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ އޭނާއަށް ލިބުނު ކަމުގެ ޚަބަރު ކަމަށެވެ. އަދި އެފައިސާއަކީ ނުލިބި ގިނަ ދުވަސްތަކެއް ވުމުން ދެން ދުވަހަކުވެސް ނުލިބޭނެ ކަމަށް ބަލައި އެކަމުގެމަތިން މުޅިން ހަނދާން ނައްތާލައިގެން ހުރި ފައިސާތަކެއް ކަމަށެވެ.

ޝައިޚް ނިމާލް ވިދާޅުވީ މައިން ބަފައިންނަށާއި އެމީހަކު ޚަރަދުކުރަންޖެހޭ ފަރާތްތަކަށް ޚަރަދުކޮށް އަޅައިލުމަކީ މާތް ﷲ ރިޒްޤް ތަނަވަސްކުރައްވައި ބާއްޖަވެރިކަން އިތުރު ކުރައްވަވާ ކަމެއް ކަމަށެވެ.

ޝައިޚް ނިމާލް ވިދާޅުވީ މައިން ބަފައިންނާއި އެމީހަކު ބަލަހައްޓަންޖެހޭ މީހުން ބެލެހެއްޓުމުގައި އިހްމާލްވާ މީހުންނަށް މިދުނިޔޭގައިވެސް އެކަމުގެ މުޞީބާތްތައް ކުރިމަތިވާނެ ކަމަށެވެ. މަހަކު އެއް ލައްކަ ރުފިޔާގެ އާމްދަނީއެއް ލިބުނު ނަމަވެސް އެއިން ލިބެންޖެހޭ ހަޤީޤީ މަންފާ ނުލިބޭނެ ކަމަށެވެ. އަބަދުވެސް ދިރިއުޅެންޖެހޭނީ ކަންބޮޑުވުންތަކެއްގެ ތެރޭގައި ކަމަށެވެ.

ޝައިޚް ނިމާލް ވަނީ އެމީހާކުރާ މަސައްކަތުން ކުރިއެރުން ނުލިބޭނަމަ، ވިޔަފާރިން އެކަށީގެންވާ މަންފާއެއް ނުލިބޭނަމަ އަދި ބަލިތަކާއި ކުރިމަތިވާނަމަ އެމީހާ ބަލަހައްޓަން ޖެހޭ ފަރަތްތަކާއިމެދު އަމަލުކުރެވޭ ގޮތާއިމެދު ވިސްނައިލުމަށް އިލްތިމާސްކުރައްވައިފައެވެ.

ޝައިޚް ނިމާލް މިވާހަކަ ވިދާޅުވެދެއްވީ ބުދަ ދުވަހުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި މައިންބަފައިންނަށާއި އާއިލީންނަށް އެހީތެރިވުމުގެ މުހިންމުކަން ބަޔާންކުރައްވައި ދަރުސް ދެއްވަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް