އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަޖިދައިގާ އޮއްވާ އަވަހާރަވި އިމާމެއްގެ ވާހަކަ

ސަޖިދައިގާ އޮއްވާ އަވަހާރަވި އިމާމެއްގެ ވާހަކަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު

އަފްޣާނިސްތާނުގެ އިމާމެކެވެ. އޭނާ ދިރިއުޅުނީ މެލްބޯންގެ ސަބަރބް އެއްގައެވެ. އިމާމުކަން ކޮށްދެއްވީ ވެސް އެތަނުގެ މިސްކިތެއްގައެވެ.

އެއިމާމަކީ ވަރަށްވެސް މަޑުމައިތިރި ރިވެތި އުޅުމެއްހުރި އިމާމެކެވެ. އެހާ އަތްމަތި ތަނަވަސް ނޫން ކަމުގައި ވިޔަސް، ލިބޭ އެއްޗެއް އެހެން މީހުންނަށް ދީގެން ވަރަށް ދީލަތިކޮށް އުޅުނު އިމާމެކެވެ.

ކޮންމެ ދުވަހަކުވެސް ނަމާދެއްގައި އިމާމުކަން ކުރަން އެއިމާމު ވަރަށް ބޮޑަށް އެދެމުން ދެއެވެ. ނަމަވެސް އެތަނުގައި އޮންނަ ޤަވައިދުގައި ފުރަތަމަ އިމާމަށް ވަގުތަށް މިސްކިތަށް ނުދެވިއްޖެނަމަ ނުވަތަ ޢުޒުރަކާއި ލައިގެން މިސްކިތަށް ނުދެވިއްޖެނަމަ، އެނަމާދެއްގެ އިމާމު ކުރުމުގެ ފުރުސަތު ލިބޭނީ ދެވަނަ އިމާމަށެވެ. މިފަދަ ޤަވައިދެއް އޮތުމުގެ ސަބަބުންނާއި އޭނާއަކީ ހަތަރުވަނަ އިމާމަށް ވުމުގެ ސަބަބުން އެއިމާމަށް އިމާމުކަން ކުރަން ފުރުސަތު ލިބެނީ މަދު ފަހަރަކުއެވެ.

އެއީ ކިތަންމެ ބޭނުންވާ ކަމަކަށްވީ ނަމަވެސް އެކަމަށް އިމާމު ކެތްތެރިވެއެވެ. އަދި އެކަމާއި ޝަކުވާއެއް ނުކޮށް ލިބޭ މިންވަރަށް ޝުކުރުކުރިއެވެ.

އެއްއަހަރެއްގެ ރަމަޟާން މަހުގެ ހަތަރުވަނަ ދުވަހެވެ. އެދުވަހުގެ ފަތިސް ނަމާދު ވަގުތު އިމާމުކަން ކޮށްދެއްވީ އެއިމާމެވެ. އެވަގުތު އެމިސްކިތުގައި ހުރި އެހެން މީހަކު ކިޔާދިނެވެ. "އަހަންނަށް އެދުވަހު ފަތިސް ނަމާދަށް ދެވުނީ ލަހުންނެވެ. އަހަންނަށް ދެވުނުއިރު އެހެން އެންމެންވެސް އޮތީ ފުރަތަމަ ރަކްޢަތުގެ ފުރަތަމަ ސަޖިދައިގައެވެ. ސަޖިދައިގާ އެންމެން ވެސް ތިބީ ވަރަށް ހަމަ ހިމޭން ކޮށެވެ."

އެދުވަހު ފުރަތަމަ އިމާމާއި ދެވަނަ އިމާމު އަދި ތިންވަނަ އިމާމުވެސް މިސްކިތައް ދިޔައީ ތަންކޮޅެއް ލަހުންނެވެ. ގަޑިއަށް މިސްކިތައް ގޮސް ނަމާދު ކުރަން ފަށާފައިހުރީ ހަތަރުވަނަ އިމާމެވެ.

"ވުޟޫ ކޮށްގެން އަހަރެން މިސްކިތައް ވަތް އިރު ފެންތައް ވެސް ނުހިިކޭނެއެވެ. މިސްކިތައް ވަދެ ސަފަށް އެރިއިރު އަހަންނަށް ފާހަގަވީ އެންމެންވެސް ސަޖިދައިގާ ވަރަށް ގިނައިރު އޮތް ކަމެވެ. އެހެންވެ އަހަރެން ވެގެން އުޅޭ ގޮތެއްތަންކޮޅެއް ރަނގަޅަށް ބަލާލީމެވެ. އިމާމަށް ބަލާލިއިރު އަހަންނަށް ފެނުނީ، ސަޖިދައިގާ އޮތް އިރު އޭނާ އާދަޔާ ޚިލާފަށް އަރިއަޅާލާ ތަނެވެ. އެހެންކަމުން އިމާމުގެ ކައިރިއަށް އަހަރެން ޖެހިލީމެވެ. ކައިރިއަށް ޖެހުމުން އަހަންނަށް އެނގުނީ އިމާމު، ސަޖިދައިގާ އޮއްވާ އަވަހާރަވެއްޖެ ކަމެވެ."

އިމާމު އަވަހާރަ ވެއްޖެކަން އެނގުމުން ފުރަތަމަ އިމާމު ކުރިއަށް އަރާ ނަމާދު ފުރިހަމަ ކޮށްދެއްވިއެވެ. އަދި ނަމާދުކޮށް ނިމުމުން އެންމެން ހަރުއަޑުން ގޮވަން ފެށިއެވެ. "ﷲ އަކްބަރު. ﷲ އަކްބަރު. ސުބްޙާނަﷲ"
މާތް ﷲ އެއިމާމުގެ ފުރާނަފުޅު ހިއްޕެވީ، އެކަލާނގެއަށް ސަޖިދައިގާ އޮއްވައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ