އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެގަ މޯލްޑިވްސްގެ ދަތުރުތައް އަންނަ މަހު އަލުން ފެށުމަށް ނިންމައިފި

މެގަ މޯލްޑިވްސްގެ ދަތުރުތައް އަންނަ މަހު އަލުން ފެށުމަށް ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

މެގަ މޯލްޑިވްސްގެ ދަތުރުތައް އަންނަ މަހު އަލުން ފެށުމަށް ނިންމައިފިއެވެ.

ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ އެއަރ ލައިންގެ ދަތުރުތައް އަލުން ފެށުމަށް ނިންމާފައިމިވަނީ ތަފާތު ބޮޑެތި ބަދަލުތަކުގައި ކަމަށް އެ އެއަރލައިނުން ބުނެއެވެ.

މެގަ މޯލްޑިވްސް އިން ބުނީ އުދުހުން ފަށާނީ އަންނަ އޯގަސްޓް މަހުގައި ކަމަށާއި މި ފަހަރު ދަތުރުތައް ފަށަނީ އެއަރބަސްގެ އާ ބޯޓުތަކުގައި ކަމަށެވެ. އަދި އެ ކުންފުނީގެ މުވައްޒަފުންގެ ޔުނިފޯމާއި ޚިދުމަތްތަކަށްވެސް ބަދަލުތަކެއް އަންނާނެ ކަމަށެވެ.

މިދިޔަ މަހުގެ ދެވަނަ ދުވަހު އެއަރލައިންގެ އޮޕަރޭޝަންތައް ހުއްޓާލުމަށް ފަހު އާ މަތިންދާބޯޓު ހޯދުމާއި ޕައިލެޓުންނާއި ކްރޫން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މެގަ މޯލްޑިވްސް އިން ބުންޏެވެ.

ފާއިތުވި 7 އަހަރުގެ ތަޖުރިބާގެ އަލީގައި އަލުން ދަތުރުތައް ފަށާއިރު ޗައިނާގެ މަންޒިލްތަކަށާއި ކޮލަމްބޯ އަދި އިންޑިއާއަށްވެސް ދަތުރުތައް ކުރަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ބުންޏެވެ.

2010 ވަނަ އަހަރު މެގަ މޯލްޑިވްސްގެ ޚިދުމަތް ރާއްޖޭގައި ފަށާފައިވާ އިރު، އެ އެއަރލައިނުން ވަނީ މިހާތަނަށް 50 މަންޒިލަކަށް ދަތުރުކޮށް، 1.1 މިލިއަން ޕަސިންޖަރުންނަށް ޚިދުމަތްދީފައެވެ. އަދި މެގަ މޯލްޑިވްސް އިން ކުރިން ބޭނުންކުރޯ ބޯއިން މަރުކާގެ ބޯޓެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް