އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑެނިއެލް އަލްވޭސް މެންޗެސްޓާ ސިޓީން ބަދަލުވަނީ..؟

ޑެނިއެލް އަލްވޭސް މެންޗެސްޓާ ސިޓީން ބަދަލުވަނީ..؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

ޔުވެންޓަސްއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު ޑެނިއަލް އަލްވޭސް ގެނައުމުގެ މަސައްކަތް މެންޗެސްޓަރ ސިޓީން ފަށައިފިއެވެ.

އަންނަ ފުޓްބޯޅަ ސީޒަން ފެށެންވާއިރަށް އިތުރަށް ޓީމް ވަރުގަދަ ކުރުމުގެ ގޮތުން ސިޓީން އަންނަނީ މޮޅެތި ކުޅުންތެރިން އެޓީމަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސިޓީން އަންނަނީ އެޓީމުގެ ޑިފެންސްލައިން، އިތުރަށް ވަރުގަދަކުރުމަށް ޔުވެންޓަސްއަށް ކުޅެމުން އަންނަ އަލްވޭޒް ގެނައުމުގެ މަސައްކަތް މިހާރުވަނީ ފަށާއެވެ.

ސިޓީން ވަނީ ނިމިގެން ދިޔަ ހަފްތާގައި ޓޮޓެންހަމްގެ ޑިފެންޑަރު ކައިލް ވޯކާ، ގެނައުމަށް ވެސް މަސައްކަތްތަކެއް ކޮށްފައެވެ. އެހެން ނަމަވެސް ޓޮޓެންހަމް އިން ކިޔާ އަގު މާބޮޑު ވުމުން، އޭނާ ގެނައުމަށް ސިޓީއަށް، ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. ޓޮޓެންހަމްއިން ވޯކާ ވިއްކަން ކިޔާ އަގަކީ 40 މިލިއަން ޕައުންޑެވެ.

އެއަށް ފަހު ސިޓީން މިހާރު އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ އަލްވޭސް ގެނައުމަށް ކަމަށް މީޑީޔާ ރިޕޯޓުތަށް ބުނެއެވެ. އެގޮތުން ސިޓީއަށް ބަދަލުވުމަށް، އަލްވޭސް މިހާރު އެއްބަސްވެފައިވާ ކަމަށް ވެސް ރިޕޯޓުތަށް ބުނެއެވެ.

އެގޮތުން މިހާރު ސިޓީ އާއި ޔުވެންޓަސްއާ ދެމެދު، މަޝްވަރާތަށް ފެށިގެން ކުރިއަށްދާ ކަމަށްވެސް ރިޕޯޓުތަށް ބުނެއެވެ. އަދި ފަސް މިލިއަން ޕައުންޑްގެ އަގަކަށް އަލްވޭސް ވިއްކާލަން ޔުވެންޓަސް އޮތީ ތައްޔާރަށް ކަމަށްވެސް ރިޕޯޓްތަށް ދަނީ ބުނަމުންނެވެ.

އަލްވޭސް ޔުވެންޓަސްއާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި، ބާކީ އަދި އެއް އަހަރު އޮތްއިރު، އޭނާ ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް، އެ ކްލަބް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ޑިފެންޑަރެއް ހޯދުމަށް ސިޓީން މަސައްކަތް ކުރަމުން އަންނައިރު، އެ ކްލަބުން ވަނީ މޮނާކޯގެ މިޑްފީލްޑަރު ބާނާޑޯ ސިލްވާ އާއި، ބެންފީކާގެ އިތުބާރު ގޯލްކީޕަރު، އީޑަސަން ދާދިފަހުން ގެނެސްފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން