އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓެކްހަށް މަކުރު ހެދި ކަމުގެ ތުހުމަތު މޮރީނިއޯގެ މައްޗަށް ވެސް ކޮށްފި

ޓެކްހަށް މަކުރު ހެދި ކަމުގެ ތުހުމަތު މޮރީނިއޯގެ މައްޗަށް ވެސް ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

ޓެކްސް އަށް މަކަރު ހެދިކަމުގެ ތުހުމަތު ސްޕެއިންގެ ޓެކްސް އިދާރާއިން، މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު އަދި ރެއާލްގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯގެ މައްޗަށްވެސް ކޮށްފި އެވެ.

ސްޕެއިންގެ ޓެކްސް އިދާރާއިން މިއަދު ނެރެ އާންމުކުރި ބަޔާނުގައި ބުނެފައިވަނީ 2010 ން 2013 ވަނަ އަހަރުގެ ޖޫން މަހާ ހަމަޔަށް މޮރީނިއޯ ވަނީ 2011 ވަނަ އަހަރާއި 2012 ވަނަ އަހަރު ދައްކަން ޖެހޭ ޓެކްސްގައި މަކަރު ހަދާފަ އެވެ.

އަދި މި ބަޔާނުގައި ތުހުމަތު ކޮށްފައިވާގޮތުގައި މޮރީނިއޯވަނީ 2.3 މިލިއަން ޔޫރޯގެ އަދަދަކުން ޓެކްސްގެ މުއާމަލާތުގައި އޮޅުވާލާފައިވާ ކަމަށެވެ. އަދި މީގެއިތުރުން 2011 ވަނަ އަހަރާއި 2012 ވަނަ އަހަރު މޮރީނިއޯ އޭނާގެ އާމްދަނީގެ ތަފްސީލުތައް އާންމު ކުރުމުގައި ވެސް އޮޅުވާލަފައިވާ ކަމަށް ސްޕެއިންގެ ޓެކްސް އިދާރާއިން ނެރުނު މި ބަޔާނުގައި ވަނީ ބުނެފައެވެ.

މޮރީނިއޯގެ މައްޗަށް ޓެކުހަށް މަކަރިހެދިކަމުގެ ތުހުމަތު ކޮށްފައިމިވަނީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ މައްޗަށްވެސް 14.7 މިލިއަން ޔޫރޯ އިން ޓެކްސް އަށް މަކަރު ހެދިކަމަށް ތުހުމަތު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެހެން ނަމަވެސް މޮރީނިއޯގެ މައްޗަށް ސްޕެއިންގެ ޓެކްސް އިދާރާއިން ކޮށްފައިވާ މި ތުހުމަތު ވަނީ އޭނާގެ އޭޖެންޓުގެ ކުންފުނިން ދޮގުކޮށްފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން