އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމީ ހަމަތައް ހިމެނިގެންވާ ލޯބީގެ ވާހަކައެއް...

އިސްލާމީ ހަމަތައް ހިމެނިގެންވާ ލޯބީގެ ވާހަކައެއް...


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 2 ސިކުންތު

މިއީ ސައުދީ ދެމަފިރިއެއްގެ ލޯބީގެ ވާހަކައެވެ. އިސްލާމީ އަޤީދާގެ މަތިން މިދެމަފިރިން ކައިވެނިިކޮށް ލޯބި ދެމެހެއްޓީ، ވަރަށް ވެސް ރިވެތި ހަމަތަކެއްގެ މަތިންނެވެ.

"އަހަންނާއި އަހަރެންގެ އަނބިމީހާ ފާތިމާ، އެންމެ ފުރަތަމަ ދިމާވީ ރަޙްމަތްތެރިއެއްގެ ފަރާތުންނެވެ. އެއިރު އަހަންނާއި ފާތިމާ ވެސް އަލަތު ކައިވެޏެއް ނުކުރަމެވެ. އަހަރެންގެ އުމުރުން އެއިރު 38 އަހަރެވެ. ފާތިމާ އަށް ވާނީ 30 އަހަރެވެ.

ކައިވެންޏެއް ނުކޮށް ހުރުމުގެ ސަބަބުން އަހަރުމެންގެ އާއިލާއާއި ރަޙުމަތްތެރިން ވަރަށް ބޮޑަށް އެކަމަށް ނުފޫޒު ފޯރުވިއެވެ. ނަމަވެސް އެކަކު އަނެކަކާއި ބައްދަލުވުމުގެ ކުރިން އަހަރެންވެސް އަދި އޭނާވެސް އެކަހަލަ ޙިޔާލެއް ނުކުރަމެވެ.

ކޮންމެހެނަކަސް އެރަޙްމަތްތެރިޔާއަކީ ވަރަށް ގާތް އެކުވެރިއެއް ކަމަށްވާތީ އަހަރެންގެ މައިންބަފައިންނާއި އެކު ފާތިމާ ގެ ގެއަށް ދިޔައީމެވެ. އެއިރު ފާތިމާ ނިޤާބް (މޫނު ބުރުގާ) ނާޅާތީ އަހަންނަށް ފާތިމާގެ މޫނު ފެނުނެވެ. ނަމަވެސް މޫނު ފެނިގެން މާބޮޑު އަސަރެއް ނުކުރިއެވެ. އަހަރެން ބޭނުންވީ އޭނާ މޫނު ފޮރުވާށެވެ. އެހެންކަމުން އަހަރެން، އަހަރެންގެ ނަޒަރު ތިރިކުރީމެވެ.

ފާތިމާއާއި އަހަރެން އެކަނި ވާހަކަ ދައްކާލަން އެގޭ ބަގީޗާއަށް އަހަރުމެން ފޮނުވާލިއެވެ. އެތަނުގައި އިން އުނދޯއްޔެއްގައި އަހަރުމެން އިށީންދެގެން އިން އިރުވެސް އަހަރެން އޭނާ އާއި ދިމާލަށް ނުބަލަމެވެ. އަދި އޭނާވެސް ނުބަލައެވެ. އޭނާގެ މޫނަށް ނުބެލި ކަމުގައި ވިޔަސް އޭނާ އިނީ ލަދުންކަން އަހަންނަށް އިޙުސާސްކުރެވި އެސިފަ އަހަންނަށް ވަރަށް ކަމުދިޔައެވެ.

އޭނާއާއި އެކިއެކި ކުދި ސުވާލުތައް ކުރަމުން ގޮސް، ކައިވެންޏެއް ނުކޮށް އޭނާ އެހާ ދުވަސް ވަންދެން ހުރީ ކީއްވެތޯ އަހަރެން އެހީމެވެ. ޖަވާބުގައި އޭނާ ބުނި އެއްޗަކުން އަހަރެންގެ ހިތް ވަރަށް ބޮޑަށް އޭނާގެ މައްޗަށް ލެނބުނެވެ.

އޭނާ ބުންޏެވެ. 'އަހަންނަކީ ފުރިހަމަ މީހެއް ނޫނެވެ. އަހަރެން ބޭނުންވަނީ އަހަންނަށް ކުރެވޭ ނުރަނގަޅު ކަންތައް ރަނގަޅު ކުރުވާނެފަދަ ފިރިއެކެވެ. އެކުގައި ހީސަމާސާ ކުރެވޭފަދަ އެކުވެރިއެކެވެ. އަހަރެން ދެކެ ލޯބިވުމުގެ އިތުރުން އަހަންނަށް އިޚުތިރާމު ކުރާނެ ފިރިހެނެކެވެ. އަދި ދީނީ ކަންކަމަށް އިސްކަންދޭނެ މީހެކެވެ. އެފަދަ މީހަކާއި ދިމާވަންދެން އަހަރެން ހުއްސަރިބައިކޮށް ހުރީއެވެ.'

ފާތިމާ އެކިޔާދިން ހުރިހާ ސިފައަކީ އަނތްބެއްގެ ފަރާތުން އަހަރެންވެސް ބޭނުންވި ހުރިހާ ސިފައެކެވެ. އަދި އެޖަވާބުން އަހަންނަށް އިޙުސާސްވީ އަހަރުމެންގެ ޙިޔާލު އެއްގޮތް ކަމެވެ. އެދުވަހުގެ ވާހަކަތައް ދެމިގެން ދިޔަ ގޮތެއްވެސް އަހަންނަކަށް ނޭނގެއެވެ.

ފާތިމާ އާއި ކައިވެނި ކުރަން އަހަރެން ހަމަ އެދުވަހު ހިތާ ހިތުން ނިންމީމެވެ. ނަމަވެސް އޭނާ ބޭނުންވާނެ ގޮތެއް އަދި ނޭނގޭތީ މަޑުކޮށްލީމެވެ. އޭގެ ދެދުވަސް ފަހުން އަހަރެން ވިޔަފާރި ދަތުރެއްގައި ދުބާއީ އަށް ފުރަން ޖެހުނެވެ. އެހެންކަމުން އަހަންނާއި ފާތިމާ އާއި ފަހުން އެހާ ދިމައެއް ނުވިއެވެ. ނަމަވެސް ފޯނުން ވާހަކަ ދައްކާ ސޯޝަލް މީޑިއާ ބޭނުންކޮށް ވަގުތު ވާވަރަކުން ޗެޓު ކުރީމެވެ. ފާތިމާ އާއި ގިނައިން ވާހަކަ ދެއްކިވަރަކަށް އަހަންނަށް އޭނާ އާއި ގާތް ވެވެން ފެށިއެވެ. އޭނާއަށް ވެސް އެފަދައިން އިޙުސާސް ކުރެވޭތޯ ސުވާލު ކުރުމުން ވަރަށް ލަދުން ހުރެ އޭނާ ބުނީ އާނއެކޭއެވެ.

އަހަރެންގެ ޙަޔާތުގެ ބައިވެރިޔާއަށް ފާތިމާ ހަދަން ނިންމީމެވެ. އޭނާ ދެކެ އިންތިހާއަށް ލޯބިވެވުނެވެ. ނަމަވެސް ލޯބިވާވާހަކަ ފާތިމާ ކައިރީ ބުނަން ޖެހިލުންވިއެވެ. އެއީ ލޯބިވާ ވާހަކަ ބުނެވިގެން، ކައިވެނީގެ މާތް ގުޅުމުން ގުޅުމުގެ ކުރިން އަހަރުމެން މަގުން ކައްސާލަފާނެތީއެވެ. އޭނާއާއި ފަހުން ދެ ދުވަހަކު ބައްދަލުވެސް ކުރަން ދިޔައީމެވެ. އޭނާ ގާތު ހުންނަ ވަގުތު އުފަލުން ގޮސް އޭނާގެ އަތުގައި ހިފާހިތްވެސް ވިއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ހެއްދެވި ފަރާތްމަތިން ހަނދުމަކޮށް ބިރުވެތިވެ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރީމެވެ.

އެންމެފަހުން އޭނާ ގާތު އަހަންނާއި ކައިވެނި ކުރަން ބޭނުންތޯ އެހީމެވެ. އޭނާގެ މައިންބަފައިން ކައިރިން އޭނާއާއި ކައިވެނި ކުރަން ނާހާ އެންމެ ފުރަތަމަ އޭނާ ގާތު އެހީ، އެއީ އޭނާގެވެސް ދިރިއުޅުން ކަމުގައިވާތީ އޭނާ ބޭނުން މީހަކު އިޚްތިޔާރު ކުރުމުގެ ޙައްޤު އޭނާއަށް އޮންނާނެކަން އެނގޭތީއެވެ. ނަސީބަކުން އޭނާގެ ޖަވާބަކަށްވީ އާނ އެކޭއެވެ.

މާގިނަ ދުވަސްތަކެއް ނުކޮށް އަހަރެން ފާތިމާ އާއި ކައިވެނި ކުރީމެވެ. ކައިވެނި ކުރީ މިސްކިތެއްގައެވެ.

އަހަރުމެންގެ ކައިވެނީގެ ފުރަތަމަ ރޭ، އޭނާ ދެކެ އަހަރެން އިންތިހާއަށް ލޯބިވާ ވާހަކަ ބުނެ، އަހަންނަށް ލޯބިވެވުނީ އޭނާގެ ސިފައާއި ނޫން ކަމަށާއި، ލޯބިވެވުނީ އޭނާގެ އުޅުމާއި ދެއްކި ވާހަކަތަކުން އޭނާގެ ގޮތް ބޮޑަށް އެނގުމުން ކަމަށް ބުނީމެވެ. ޖަވާބުގައި އޭނާ ބުންޏެވެ. 'ލޯބިވާ ފިރިމީހާއެވެ. ތިބާއަށް އަހަރެން ފެނުނު ފުރަތަމަ ދުވަހު، ތިބާގެ ނަޒަރު ތިރިކުރި ވަގުތުން ފެށިގެން، އަހަރެންގެ ހިތުގައި ތިބާއަށްޓަކައި ލޯބި އުފެދުނެވެ. އަދި އިންތިހާއަށް އިޚްތިރާމާއި ޤަދަރުވެސް އުފެދުނެވެ' "

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ