އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމީ އުންމަތަށް މައްސަލަތައް ކުރިމަތިވާން ފެށީ ވެރިންގެ މުއްސަނދިކަން އިތުރުވުމުން!

އިސްލާމީ އުންމަތަށް މައްސަލަތައް ކުރިމަތިވާން ފެށީ ވެރިންގެ މުއްސަނދިކަން އިތުރުވުމުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

އިސްލާމީ އުންމަތުގައި ޢާންމުވެފައިވާ ބޮޑެތި މައްސަލަތައް ޢާންމުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އިސްލާމީ ދައުލަތްތަކުގެ ވެރިންގެ މުއްސަނދިކަން ހައްދުފަހަނައަޅައި ދިއުން ކަމަށް ބެލެވޭ ސަބަބުތައް ގިނައެވެ.

އިސްލާމީ ސިޔަރަތަށް ބަލާއިރު ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަވަހާރަވެވަޑައިގެންނެވިއިރު އިތުރު އެކަލޭގެފާނަކީ ދަރަނިވެރިއެކެވެ. އަވަހާރަވިއިރު އިތުރު އެކަލޭގެފާނުގެ އައްޑަނަކޮޅު ރަހުނު ކުރައްވައި ޔަހޫދީ އަންހެނެއްގެއަތުން ވަނީ ދަރަންޏަށް ތަކެތި ނަންގަވައިފައެވެ.

ޢުމަރުގެފާނު ޝަހީދުކުރެވުނުއިރު އެކަލޭގެފާނަކީ 80،000 ދީނާރުން ދަރަނިވެރިވެވަޑައިގެންފައިވާ ދަރަނިވެރިއެކެވެ. އަވަހާރަވުމުގެ ވަގުތުގައި ވަނީ ދަރަނި އަދާކުރުމަށް ވާރިސުންނަށް ވަޞިއްޔަތްކުރައްވައިފައެވެ. އަދި އެކަމުގައި އަމަލުކުރަންވީ ގޮތްވެސް ވިދާޅުވެދެއްވައިފައެވެ.

އެބޭކަލުން ދަރަނިވެރިވެވަޑައިގަތީ ދުނިޔޭގެ އުފާފުޅުތައް ހޯއްދަވަންވެގެން ކުރެއްވެވި ކަންކަމަކުން ނޫނެވެ. އަމިއްލަފުޅު ޟުރޫރީ ބޭނުންފުޅުތަކަށާއި އިސްލާމީ އުންމަތުގެ ކަންކަމަށެވެ.

ކަންކަން މިފަދައިން ބަޔާންވެ ފެންނަން ހުރި ނަމަވެސް މުސްލިމް ޤައުމުތަކުގެ ވެރިންނާއި ޢާއިލާތަކުގެ ކަންކަން ހުރިގޮތް އެންމެންނަށްވެސް އެހެރީ ފެންނާށެވެ. އެބޭފުޅުންނަށް މުއްސަނދިކަން ލިބިވަޑައިގަތީ ހަމަ އަމިއްލަފުޅަށް ކުރެއްވެވި މަސައްކަތްޕުލުތަކުންތޯއެވެ! މިފަދަ ސުވާލުތަކަކީ އިސްލާމީ އުންމަތުގައި މިހާރު ހުރި މައްސަލަތަކާއި ގުޅިފައިވާ ބޮޑެތި ސުވާލުތަކެވެ.

ޤައުމެއްގެ ރައްޔިތުން ވެރިކަމާއިދެކޮޅަށް އަޑު އުފުލުމުން ކުށްވެރިކޮށް އެއީ ޚާއިނުން ކަމަށް ކަނޑައަޅަމުން ގެންދާއިރު އަޑު އުފުލަންޖެހޭ ސަބަބުތަކަށް ނުވިސްނާނަމަ ދުވަހަކުވެސް މައްސަލަތައް ހައްލެއް ނުކުރެވޭނެކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް