އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޞަދަޤާތް ނުދީ، ޒަކާތް ނުދައްކާ މީހުން ޖަމާކޮށްފައި ހުންނަ މުއްސަނދިކަން އަލިފާނުގެ ގޮތުގައި އެމީހުންގެ ގައިގައި ޖެއްސޭނެ!

ޞަދަޤާތް ނުދީ، ޒަކާތް ނުދައްކާ މީހުން ޖަމާކޮށްފައި ހުންނަ މުއްސަނދިކަން އަލިފާނުގެ ގޮތުގައި އެމީހުންގެ ގައިގައި ޖެއްސޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

މާތް ﷲ ގެ މަގުގައި ޞަދަޤާތް ނުދީ އަދި ޒަކާތް ނުދައްކާ މީހުން ދުނިޔޭގައި ޖަމާކޮށްފައި ހުންނަ އެމީހުންގެ މުއްސަނދިކަން އަލިފާނުގެ ގޮތުގައި އެމީހުންގެ ގައިގަ ޖެއްސޭނެއެވެ. އެފަދަ މީހުންގެ ހަސިތައް ނަރަކައަށް އެއްލައިލެވުމަށްފަހުގައެވެ.

މީސްތަކުންނޭވެ! މުސްލިމް ޖަމާއަތެއްގެ ތެރޭގައި ހައިހޫނުކަން ޢާންމުވެއްޖެނަމަ ދަންނާށެވެ. އެކަމުން އެނގިގެންދަނީ އެބައެއްގެ ތެރޭގައި ފަޤީރު ނިކަމެތިންގެ ޙައްޤުތަކެއް ހިފެހެއްޓފައިވާ ކަމެވެ. ނިކަމެތިންގެ ހައްޤުތައް އަދާކުރާ މުޖުތަމައުތައް ފަޤީރެއް ނުވާނެއެވެ. އޮންނާނީ މުއްސަނދިކަންމަތީގައެވެ.

ޤިޔާމަތް ދުވަހު އެމިހާގެ ހިސާބުތައް ބެލެވިގެންދާއިރު މީސްތަކުން އެންމެ ބޮޑަށް ހިތާމަކުރާނީ އެމީހުންނަށް މާތް ﷲ ގެ މަގުގައި ހޭދަކުރެވިފައި ނުވަތީއެވެ. ޞަދަޤާތް ދެވިފައި ނުވަތީއެވެ. ޒަކާތް ދެއްކިފައި ނުވާތީއެވެ.

އެދުވަހުން ކިތަންމެ ވަރަކަށް ހިތާމަކުރި ނަމަވެސް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. ތިމާ ދުނިޔޭގައި ހުރިއިރު ބިލިއަން ބިލިއަނުން ޖަމާކުރި ފައިސާތަކުގެ ތެރެއިން ހަމަ އެންމެ ލާރިއެއްވެސް އެދުވަހު ޞަދަޤާތެއް ނުކުރެވޭނެއެވެ. އެއްކުރި ހުރިހާ ފައިސާތަކެއް ހޫނުކަން ގަދަވަގެންވާ އަލިފާނުގެ ގޮތުގައި އައިސް ތިމާގެ ގައިގައި ޖެހިޖެހިހުރުން ނޫން ކަމެއް އެދުވަހަކުން ނުވާނެއެވެ.

"މަސްޖިދު މުޙައްމަދު ތަކުރުފާނުލްއައުޒަމްގައި މިއަދުގެ ޢަޞްރު ނަމާދަށްފަހު ދިން ދަރުސްގެ ތެރެއިން)

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް