އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓެކުހަށް މަކަރުހެދިކަން ޘާބިތުވެ މެސީގެ މައްޗަށް އިއްވި ޖަލުހުކުމް ޖޫރިމަނާއަކަށް ބަދަލުކޮށްފި

ޓެކުހަށް މަކަރުހެދިކަން ޘާބިތުވެ މެސީގެ މައްޗަށް އިއްވި ޖަލުހުކުމް ޖޫރިމަނާއަކަށް ބަދަލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

ޓެކުހަށް މަކަރުހެދިކަން ސާބިތުވެ އާޖެންޓިނާއާއި ބާސެލޯނާގެ ތަރި ލިއޮނަލް މެސީގެ މައްޗަށް ސްޕެއިންގެ ޓެކްސްއިދާރާއިން ކޮށްފައިވާ 21 މަސްދުވަހުގެ ޖަލުހުކުމް ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމަށް ސްޕެއިންގެ ޕަބްލިކް ޕްރޮސިއުޓަރ ނިންމަވައިފިއެވެ.

މެސީގެ މައްޗަށް ވަނީ 2007 ވަނަ އަހަރާއި 2009 ވަނަ އަހަރާ ދެމެދު އޭނާގެ އިމޭޖްރައިޓްސްއަށް ލިބުނު އާމްދަނީގެ ތެރޭން 4.1 މިލިއަން ޔޫރޯގެ ޓެކުހަށް މަކަރު ހެދުމުގެ ކުށް ޘާބިތުވެފައެވެ.

އެހެން ކަމުން ކަމުން މެސީއާއި އޭނާގެ ބައްޕަ ގެ މައްޗަށް ތިންކުށެއް ސާބިތުވެ 21 މަސްދުވަހުގެ ޖަލުހުކުމެއް އިއްވާފައި ވަނީ 2016 ވަނަ އަހަރުގެ ޖުލައިމަހުގައެވެ.

މިދިޔަ މޭމަހު މެސީ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމް، ސްޕެއިންގެ ސުޕްރީމްކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުންވެސް ނިންމީ، އެއީ ރަނގަޅު ހުކުމެއް ކަމަށެވެ.

ސްޕެއިންގެ ނޫސް އެޖެންސީއެއް ކަމަށްވާ އީއެފްއީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މެސީ މިހާރު ވަނީ ޖޫރިމަނާގެ ގޮތުގައި 255,000 ޔޫރޯ ދެއްކުމަށް ނިންމައިފައެވެ.

މެސީގެ ޖަލުހުކުމް ޖޫރިމަނާއަށް ބަދަލުކޮށްފައިވާއިރު ނިމިގެންދިޔަ ހަފްތާގައި ރެއާލް މެޑްރިޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މެންޗެސްޓަރގެ ކޯޗް ހޯސޭ މޮރީނިއޯ އަދި ޕީއެސްޖީގެ ތަރި އެންޖެލް ޑިމަރިއާގެ މައްޗަށް ވެސް ވަނީ ޓެކުހަށް މަކަރުހެދިކަމުގެ ދައުވާ އުފުލާފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން